ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިިފި

ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނ ޅޮހީ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު އަހްމަދު ހަސަން މަނިކަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ އެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ބުނެފައިވަނީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށްގެންދިޔަ ހަޟާނާތާ ގުޅޭ ގަޒިއްޔާއެއްގައި ދައުވާ ކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ އަމުރެއްގެ ދަށުން، ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދައުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

ދައުވާ ކުރާ ފަރާތުން ދައުވާ ކުރި ބޭނުން ހާސިލްވެފައިވަނިކޮށް، ކޯޓުގެ ހުއްދަ ހޯދުމަކާނުލާ ދައުވާ ކުރާ ފަރާތް ރަށުން ފުރައިގެން ދިއުމުގެ ސަބަބުން ދީފައިވާ އެޑްރެސް އަށް ޗިޓް ރައްދު ކުރެވިފައިނުވާތީ ކަމަށް ބުނެ، ދައުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އަދި ކޯޓޫން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކަށް ބެލުމެއްނެތި އެ ގަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެ މެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކު އެ ގަޒިއްޔާ ނިންމައި ހުކުމް ކޮށްފައިވާތީ ކަމަށެވެ.

މެޖިސްޓްރޭޓް އަހްމަދު ހަސަން މަނިކު އެ ގަޒިއްޔާ ނިންމައި ހުކުމްކުރައްވާފައިވަނީ ހަވާލާދެވުނު ވަގުތީ އަމުރު ހައިކޯޓުން ބާތިލްކޮށްފައިވާއިރު އެކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ރިއާޔަތް ކޮށްފައިވެއެވެ. އަދި އެ ހުކުމް ކުރުމުގެ ސަބަބުން ޝަރުއީ ނިޒާމްގެ ތެރެއިން ނަހަމަ މަންފާ ދައުވާ ކުރާ ފަރާތަށް ލިބިފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

އަލްއުސްތާޒު އަހްމަދު ހަސަން މަނިކުގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާތަށް ކުރައްވާފައިވާ އަމަލަކަށް ވާތީ  އޭނާ އަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: