ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޖީގެ ރައްދު މަޖިލީހަށް: ހާރިޖީ ސިޔާސަތު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް

ރައީސް މުހައްމަދު ނަޝީދާއި، ބަންޑާރަ ނައިބު ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޗާގޮސް ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށު އަރާ ސަރަޙައްދާއި ގުޅޭގޮތުންނާއި، ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ މަޖިލީހާއި ހިއްސާ ކުރިކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްކެވި ވާހަކަތައް މަޖިލީހުގެ އިދާރާއިން ދޮގު ކުރުމާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ރައްދު ދެއްވައިފިއެވެ.

ރޭގެ ޕްރެސް ކޮންފަރެސްންސްގައި ދެކެވުނު ވާހަކަތައް ދޮގުކޮށް، މަޖިލީހުގެ އިދާރާއިން އާއްމު ކުރި ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީ އާއި ޗާގޮސް މޮރިޝަސް އާއި ހަވާލު ކުރުމަށް ގޮވާލާ ގަރާރަށް އދ. ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑު ބަދަލުކޮށްފައިވާކަން މިހާތަނަށް ވެސް މަޖިލީހާއި ރަސްމީކޮށް ހިއްސާކޮށްފައި ނުވާކަމަށެވެ.

މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ، ފޯޅަވަހީގެ މައްޗަށް އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު ނެތްކަމަށް ކަނޑައަޅުއްވާފައިވާކަން، ހަބަރުތަކުން އިވިފައިވާކަމަށެވެ. އަދޮ ރާއްޖެއަށް ދައުވާ ރައްދުވާ ގޮތަށް މި މައްސަލައިގައި ދައުވާ އުފުލާފައިވާ ގައުމަކީ މޮރިޝަސް ކަމާއި، މިކަމުގައި ރާއްޖެއިން ކުރިން ދެކެމުން އައި ގޮތް ބަދަލުވީކަން ސާފުވީ މީޑިއާތަކުން ގެނެސްދީފައިވާ ހަބަރުތައް މެދުވެރިކޮށް ކަމަށެވެ.

މިއީ ދިވެހި ދައުލަތުގެ ސިޔާދަތާއި ގުޅުން ހުރިކަމެއްގެ ގޮތުގައި ބަޔާންކޮށް އަމިއްލަ ފަރާތަކުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާއި ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ބަންޑާރަ ނައިބާއި ބަންޑާރަ ނައިބުގެ އޮފީހާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް މައުލޫމާތު ސާފު ކުރުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީން މި އަހަރުގެ ފެބްރުއަރީ މަހު އެ އޮފީހަށް ސިޓީއެއް ފޮނުވިކަން ބަޔާނުގައި ވެއެވެ.

މަޖިލީހުގެ ބަޔާނާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވިޓުތަކެއްގައި ބުނެފައިވާ ގޮތުގައި ޤާނޫނުއަސާސީގެ 115(މ) ގެ ދަށުން، ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމްކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރެއް އަދި މަސްއޫލިއްޔަތެކެވެ.

އޭޖީ އޮފީހުން ބުނީ ޗާޖޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި އދ ގެ ޖެނެރަލް އެސެމްބްލީގައި ވޯޓު ދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ އެއަށްވުރެ ފަހުން، 22 އޮގަސްޓު 2022 ގައި ކަމަށާއި އެއީ ޚާރިޖީ ސިޔާސަތާ ގުޅޭ ކަމެއް. ކަމަށެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އިބްރާހިމް ރިފްޢަތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މި މައްސަލައިގެ މައުލޫމާތު ކަރުދާހަކާއި ކަމާގުޅޭ ލިޔެކިޔުންތައް ފޮނުވި ވާހަކައެވެ. އަދި އެ ލިޔުންތައް ފޮނުވީ 17 ފެބްރުވަރީ 2022 ގައިކަން އޭޖީ އޮފީހުން ވަނީ ތަކުރާރު ކޮށްފައެވެ.

މީގެއިތުރުން އޭޖީ އޮފީހުން ބުނީ ސިޓީއާއެކު މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާއި ރާއްޖެއިން ދީފައިވާ ޖަވާބާއި ކަމާގުޅޭގޮތުން ހުށަހެޅިފައިހުރި ޗާޓުތަކުގެ ކޮޕީއާއި މި ބާވަތުގެ ލިޔެކިޔުންތައް މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: