ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒީރޯ ޓޮލަރެންސްގެ ބުރަދަން ޒީރޯއަށް ވެއްޖެ، ހިޔާނާތް ތަހުގީގުކުރުންވެސް ޒީރޯ: އިންތި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދެއްވާނަންކަމަސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވީ ވައުދުގެ ބުރަދަން ޒީރޯއަށްވެއްޖެކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި 2023 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓާއި ބެހޭގޮތުން ބަހުސްކުރައްވަމުން އިމްތިޔާޒް ވިދާޅުވީ ބަޖެޓުގެ ޒަރިއްޔާއިންވެސް އަދި އެނޫން ގޮތް ގޮތުންވެސް މީހުން އަދި ދިރިއުޅުމުގެ އިތުރުން ގައުމުގެ ހާލަތުވެސް ރަނގަޅުކުރެވޭނީ ކޮރަޕްޝަން ހުއްޓުވައިގެންކަމަށެވެ.

ކޮރަޕްޝަން ހުއްޓުވައިގެން، މަދުކޮށްގެން. ކޮރަޕްޝަންގެ ވާހަކަ ހަމައެކަނި ލަފްޒަކުން ބުނެލުމަކުން ނޫން. އެކަން ކުރާތަން ދައްކަންޖެހޭނެ.

ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ކުރިއަށްގެންދިޔަ “އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022”ގައި ސަރުކާރުގެ ކުންފުނިތަކުގެ މަޝްރޫއުތަކަށް ބިޑަށް ހުޅުވާލާއިރުވެސް، އޮންނަނީ ވަކި މީހަކަށް ދިނުމަށް ނިންމާފައިކަމަށް ފާހަގަކުރިކަމަށް އިޝާރާތްކޮށް، އިމްތިޔާޒް ވިދާޅުވީ މިފަދައިން ކަން ހިގަމުންދާއިރު ބަޖެޓެއް އެކުލަވާލި ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ނަމަވެސް، ސަރުކާރުގެ ކުންފުނިތަކުން ނާޖާއިޒު ފައިދާ ނަގާކަމަށާއި، ދައުލަތުގެ މުދާ ބޭނުންކޮށްގެން ސިޔާސި މަގުސަތުތައް ހާސިލްކުރުމަށް ކޮރަޕްޝަން ހިންގާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން ވަރަށް ގިނައިން ޒީރޯ ޓޮލަރެންސްދެއްވާ ވާހަކަދައްކަވާކަމަށް ފާހަގަކޮށް، އިމްތިޔާޒް ވިދާޅުވީ އެހެން ނަމަވެސް ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތުތައްކުރެވިފައިތިބި ނަން އިގޭ މީހުން ތިބީ ކޮންމެވެސް މަގާމެއްގައިކަމަށެވެ. ދައުވާކޮށް، ޝަރިއްޔަތްތައް ކުރިއަށްދާ މީހުން ތިބީ ދައުލަތުގެ ބޮޑެތި މަގާމުތަކުގައިކަން އިމްތިޔާޒް ތަކުރާރުކުރެއްވިއެވެ.

ޒީރޯ ޓްލަރެންސްދެއްވުމުގެ ބުރަދަނަކީ ޒީރޯކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ މެދުވެރިކޮށްވެފައިވާ ހިޔާނާތް ފާހަގަކޮށް، އިމްތިޔާޒް ވިދާޅުވީ އޭރު ގެއްލުނު 3.2 ބިލިއަން ރުފިޔާ ދައުލަތަށް ހޯދުމުގެ މަސައްކަތްކުރިއަށްނުދާކަމަށާއި، އެ މަސައްކަތްވެސް އޮތީ ޒީރޯގައިކަމަށެވެ.

އޭގެ އިތުރުން މި ސަރުކާރު  ވެރިކަމަށް އައިފަހުން، ކޮވިޑްގެ އެންމެ ނާޒުކު ދަނޑިވަޅުގައި ހިންގި ވެންޓިލޭޓަރުގެ ހިޔާނާތްވެސް އިމްތިޠާޒް ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ސަރުކާރާއި، ސަރުކާރަށް ނިސްބަތްވާ މެންބަރަކުވެސް މި ވާހަކަނުދައްކާކަމަށާއި، އެކަން ހިގައިދިޔަ ގޮތް ބެލުމުގެ ތަހުގީގުގެ މަސައްކަތްވެސް ކުރިއަށްނުދާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: