ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު ހިންގީ ގާނޫނާއި ހިލާފަށް، ބިދޭސީން ބަހައްޓާ ތަނުގެ ވެސް ހުއްދައެއް ނެތް!

ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން/ ފޮޓޯ: ސަންގު --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ އަލިފާނުގެ ހާދިސާ ހިނގި ގަރާޖުން ހިދުމަތް ދެމުން އައީ ގަވައިދާއި ހިލާފަށްކަން އެނގިއްޖެ އެވެ.

ރޭ 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި ފަޔާ އެންޑް ރެސްކިއު އާއި، ސިފައިން ގުޅިގެން އަދިވެސް ދަނީ އެ އިމަރާތުގައި އިތުރު ބައެއްގެ ހަށިގަނޑުތައް ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ފެނުނު މީހުންގެ ހަށިގަނޑުތައް ވަނީ، ގަލޮޅު މޯޗަރީއަށް ގެންގޮސްފަ އެވެ.

ހާދިސާގައި އަނިޔާވި، އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށް މައުލޫމާތު ލިބެ އެވެ.

އިތުބާރު ހުރި މަސްދަތުރަކުން “ސަންގު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަރާޖުގެ ހިދުމަތް ދިނުމަށް އެތަނުން ދެ ފަހަރެއްގެ މަތީން ސިޓީ ކައުންސިލަށް ހުއްދައަށް އެދި ހުށަހެޅި އެވެ. ނަމަވެސް އެފަދަ ތަނެއް ހިންގުމަށްޓަކައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީ، ކައުންސިލުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ.

އިމާރާތް ކުރުމުގެ ހުއްދައަށް އެދޭއިރު، އެކަމުގެ ކުރެހުން ހުށަހަޅަން ޖެހޭއިރު އެފަދަ އެއްވެސް ލިޔެކިއުމެއް ވެސް ތަނުން ހުށަހަޅާފައި ނެތެވެ. އަދި ބިދޭސީން ބަހައްޓާތަނުގެ ހުއްދައެއް ވެސް ހޯދާފައި ނެތެވެ.

އިކޮނޮމިކް މިނިސްޓްރީން ބިދޭސީންގެ ކޯޓާތައް ދޫކުރާއިރު، އެމީހުން ބަހައްޓާ ތަންތަނުގެ މައުލޫމާތުތައް ހިއްސާ ކުރަން ޖެހެ އެވެ. އެއީ އެ މީހުންގެ ހުރުމާއި، ކެއުމުގެ އިންތިޒާމުތަކުގެ ތަފްސީލެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި، ގަރާޖު ހުރި އިމާރާތަކީ ތިން ފަންގިފިލާގެ ތަނެކެވެ. ޑެގުތަކެއް އަޅައި، ހަދާފައިވާ އެތަނުގެ މަތީ ދެ ފްލޯގައި ކުދި ގޮޅިތަކެއް ހެދުމަށް ފަހު ކޮޓަރިތަކުގެ ގޮތުގައި ކުއްޔަށް ދޫކޮށްފައި ވަނީ 2،000 ރުފިޔާއަށްކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެތަނުގައި ޖުމްލަ އުޅޭ މީހުންގެ އަދަދުތައް ސާފުނުވީ ނަމަވެސް އެއީ، 28 ބްލޮކުގެ ތަނެއްކަމާއި ޖުމްލަ ހުރީ 03 ފާހަނާކަމަށް ވަނީ އެނގިފަ އެވެ.

އަލިފާނުގެ ހާދިސާ ރޭ ހިނގި ދެ ފްލޯގައި އުޅޭކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނީ 38 މީހުންނެވެ. ތަނުގައި ހަދާފައި ހުރި ކުދި ގޮޅިތަކުގައި ބަހައްޓާފައި ހުރި ބަންކު ބެޑުތައް ކައިރީ ކެއްކުމަށް ބޭނުން ކުރާ ގޭހާއި ގޭސް އުނދުނެއް ހުއްޓެވެ.

ހާދިސާގެ މައުލޫމާތު ދެއްވި ފަޔާ އެންޑް ރެސްކިއުގެ ކޮމަޑާން ކާނަލް އިބްރާހީމް ރަޝީދު ވިދާޅުވީ އެކަމޮޑޭޝަން ބްލޮކް ތެރޭގައި އެކި ބާވަތްތަކުގެ ގިނަ ގޭސް ހުރިކަމަށެވެ. އެހެންވެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ފާހަގަކުރި އެވެ.

އަލިފާނުގެ ހާދިސާ ހިނގި ގަރާޖުގައި މި އަހަރުގެ މޭއި މަހުގެ ތެރޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ.

މި ހާދިސާގައި އެމްއެންޑީއެފާއި ފުލުހުން ގުޅުގެން ތަނުގެ ތެރެއިން 14 މީހަކު ސަލާމަތް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: