ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެސްޓީ އިތުރު ކުރުމުން އިންފްލޭޝަން 5.9 އިންސައްތައަށް އަރައިގެންދާނެ: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާގެ އަދަދު 8 އިންސައްތައަށް އިތުރު ކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް 5.9 އިންސައްތައްއަށް އަރައިގެންދާނެކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ލަފާގައި ވާގޮތުން، އެ މުވައްސަސާއިން ހަދާފައިވާ އިންފްލޭޝަން ފޯކާސްޓަށް ބަލާއިރު، 2023 ވަނަ އަހަރުގައި އިންފްލޭޝަން އުފުލިގެންދާނީ 5.9 އިންސައްތައަށެވެ. އަދި 2023 ވަނަ އަހަރު ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން، 4 ކުއާޓަރގައިވެސް ޖީއެސްޓީ އުފުލިގެންދަނީ 2.2 އިންސައްތަ ޕޮއިންޓުންކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން ޖީއެސްޓީ އިތުރު ކުރުމުން ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށް ބައެއް ވިޔަފާރިތަކުން އަގުތައް މަތިކޮށްފާނެކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން މާކެޓު ބިހޭވިއާރއަށް ބަދަލުތަކެއް އައިސް ތަކެތީގެ އަގުތައް 2.2 އިންސަތައް ޕޮއިންޓަށްވުރެ މައްޗަށް އަރައިގެންގޮސްދާނެކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: