ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބުނާ 2.5 ބިލިއަންގެ ތެރެއިން 1.5 ބިލިއަން ލިބޭ ގޮތް ސާފު ނުވޭ: އެމްއެމްއޭ

ރައީސް ސާލިހު އަދި އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީ ގޮތުގައި ހިމަނާފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ އަކީ ކޮން ގޮތަކަށް ލިބޭ ފައިސާތަކެއް ކަން ސާފު ނުވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

ދައުލެތުގެ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ދީފައިވާ ލަފާގައި ބުނެފައިވާގޮތުން، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރާ އަދަދު އަންދާޒާ ކުރާ ވަރަށްވުރެ ދަށުން ލިބޭކަން ފާއިތުވެދިޔަ އަހަރުތަކުގެ ޓްރެންޑުތަކުން ސާފުވެއެވެ. އަދި އަންދާޒާ ކުރާ އަދަދަށްވުރެ އެވަރެޖުކޮށް 786.6 މިލިއަން ރުފިޔާ މަދުވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން ސަރުކާރުންވަނީ 2023 ވަނަ އަހަރު އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުގައި ”އެކި އެކި ގައުމުތަކުން ހޯދުމަށް“ ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ހިމަނާފައިވާކަމަށާއި 2023 ވަނަ އަހަރު ހުށައަޅާފައިވާ ބަޖެޓުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބުނެފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ލިބޭނެ ގޮތުގެ ތަފްސީލު ސާފުކޮށް ބަޔާންކޮށްފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން 2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި 6 އަހަރުގެ ޓްރެންޑަށް ބެލުމުން 2023 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވެނީ 1.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 2023 ވަނަ އަހަރު އަންދާޒާކޮއްފައިވާ އަދަދަށް ވުރެ ހިލޭ އެހީގެ އަދަދުތައް ދައްވެ ބަޖެޓު ޑެފެސިޓް ގޮތުގައި ހިމަނާފައިވާ 8.5 ބިލިއަން ރުފިޔާއަށް 768.6 މިލިއަން ރުފިޔާ އިތުރުވާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ ހިލޭ އެހީގެ ފައިސާއަކީ، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ އިތުރުން ދައުލަތުގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށްވެސް ބޭނުންވާކަމަށްވުމުން މި އަހަރުން ފެށިގެން އެ ފައިސާ ކޮންޒަވޭޓިވް ބަޖެޓުގައި ހިމެނުން މުހިންމުކަމަށް ދެކޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: