ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ އާމްދަނީ އިން ދައުލަތުގެ ހަރަދުތައް ހަމަޖެއްސޭނެކަމަށް ނުބެލެވޭ: އެމްއެމްއޭ

ރައީސް ސާލިހު އަދި އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފިސްކަލް ހާލަތު ހުރިގޮތުންނާއި ރާއްޖޭގެ ދަރަނީގެ އަދަދުތައް އިތުރުވެފައިވާތީ، ކުރިއަށް އޮތް އަހަރު ލިބޭ އާމްދަނީ އިން ދައުލަތުގެ ހަރަދުތައް ހަމަޖެއްސޭނެކަމަށް ގަބޫލު ނުކުރާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.

ދައުލަތުގެ ރިކަރެންޓް ހަރަދުތަކަށް އަލި އަޅުވައި އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ލަފާގައި ބުނެފައިވާގޮތުން، 2023ގެ ބަޖެޓުގައި ދައުލަތުގެ ރިކަރެންޓު ހަރަދު ގޮތުގައި އަންދާޒާކޮށްފައިވަނީ 28.6 ބިލިއަން ރުފިޔާއެވެ. އެހެން ނަަމަވެސް އެ އަދަދު ލަފާ ކުރާ އަދަދައްވުރެ އެވަރެޖުކޮށް 2.4 ބިލިއަން ރުފިޔާއިން އިތުރުވެގެންދާކަން ފާއިތުވި އަހަރުތަކުގެ ޓްރެންޑަށް ބެލުމުން ސާފުވާކަމަށް އެމްއެމްއޭއިންވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން ހިލޭ އެހީ ނުހިމަަނައި ދައުލަތުގެ ރިކަރެންޓު ހަރަދުތައް އެކަނިވެސް ހަމަޖެއްސުމަކީ ދަތިކަމަކަށްވުން އެކަށީގެންވެއެވެ.

އިންޝުއަރެންސް ނުވަތަ އާސަންދަ:

އެމްއެމްއޭއިން ވަނީ ހަރަދުތައް ކުރަމުންދާ ގޮތުގެ ތަފްސީލުތަކަށްވެސް އަލި އަޅުވާލާފައެވެ. އެގޮތުން ސަރުކާރުންދޭ އެހީ އިޝްތިރާކާއި ސަބްސީޑީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންޝުއަރެންސް ނުވަތަ އާސަންދަކަމަށް ފާހަގަކޮށް ބުނެފައިވާގޮތުން، އެކަމަށް ކުރެވެމުންދާ ހޭދަތައް ކުޑަ ކުރުމަށް 2017 ވަނަ އަހަރުން ފެށިގެން ގިނަ ފިޔަވަޅުތަކެއް ކޮންމެ އަހަރަކުވެސް ރާވާފައިވާނަަމަވެސް ތަންފީޒު ނުކުރެވޭކަން އެ މުވައްސަސާއިން ފާހަގަކުރާކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން، ފިޔަވަޅުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން އިންޝުއަރެންސް ނުވަތަ އާސަންދައަށް ކުރަމުންދާ ހަރަދުތައް އަހަރަކުން އަހަރަކު ދަނީ އިތުރުވަމުންނެވެ. އަދި ކޮންމެ އަހަރަކު އާސަންދައަށް ކުރާ ހަރަދުތައް އެވަރެޖުކޮށް 676.8 މިލިއަން ރުފިޔާ އިތުރުވާ ކަމަށާއި އެހެންކަމުން މިހާރު އަންދާޒާ ކޮށްފައިވާ 1 ބިލިއަން ރުފިޔާ 1.7 ބިލިއަނަށް މަތިވެގެންދާނެކަމަށް އެމްއެމްއޭއިންވަނީ ފާހަގަކޮށްފައެވެ.

ފިއުލް ސަބްސިޑީ: 

އެމްއެމްއޭއިން ވަނީ ދައުލަތުން ފިއުލް ސަބްސްީޑީއަށް ހަރަދު ކުރަމުންދާ ގޮތަށްވެސް އަލި އަޅުވާލާފައެވެ. އެ މުވައްސަސާއިން ބުނެފައިވާގޮތުން ދައުލަތުންވަނީ ފިއުލް ސަބްސިޑީ ޓާގެޓް ކުރުމަށް ވިސްނާފައިވާކްނ ހާމަކޮށް އެކަން ކުރުމުން ފިއުލް ސަބްސިޑީއަށް ކުރާ ހަރަދުން 588.2 މިލިއަން ރުފިޔާ މަދުވެގެންދާނެކަމަށް ފާހަގަކޮށްފައިކަމަށެވެ.

އެހެން ނަމަވެސް އެކަން ކުރުމަށް ހިރާސްތަކެއްވެސް ހުރިކަމަށް ދައުލަތުން ފާހަގަކޮށްފައިވާކަމަށް އިޝާރާތްކޮށް އެމްއެމްއޭއިން ބުނެފައިވަނީ އެ ހިރާސްތައް ކުޑަ ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ޕްލޭނެއް ބަޖެޓު ފޮތުގައި ހިމަނާފައިނުވާކަމަށެވެ.

އެމްއެމްއެއިން ބުނެފައިވާގޮތުން ފާއިތުވި އަހަރުތަކުގެ ޓްރެންޑަށް ބަލާއިރު ކޮންމެ އަހަރަކުވެސް ފިއުލް ސަބްސިޑީގެ ގޮތުގައި ދެމުންދާ އަދަދުތައް އެވަރެޖުކޮށް 487.8 މިލިއަނުން އިތުރުވެއެވެ. އެހެންކަމުން މި އަހަރުވެސް އެގޮތުގެ މަތިން އިތުރުވުުމުގެ ފުރުސަތުތައް އޮތުމުން، ޓާޖެޓެޑް ސަބްސިޑީއެއް ދިނުމަށް އޮތް ހިރާސްތައް ކުޑަ ކުރުމަށް ޕްލޭނެއް އެކުލަވާލައި އެ ޕްލޭނުގެ ދަށުން އަމަލު ކުރުން މުހިންމު ކަމަށް އެ މުވައްސަސާއިން ދެކޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: