ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްއިން ކުރި އިންވެސްޓުމެންޓުގެ ފައިސާ ނުލިބިއްޖެ ނަމަ ދަރަނިތައް ދެއްކުން ވަރަށް ދަތިވާނެ: އެމްއެމްއޭ

މިނިސްޓަރު އަމީރު އަދި އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޮވަރެން ޑިވެލޮޕްމެންޓު ފަންޑުން(އެސްޑީއެފް) ކޮށްފައިވާ އިންވެސްޓުމެންޓު 2026 ވަނަ އަހަރު ވާއިރު ނުލިބިއްޖެ ހާލަތެއްގައި ދަރަނިތައް އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.

އެސްޑީއެފްގެ މައުލޫއަށް އަލިއަޅުވައި އެމްއެމްއޭއިން ބުނެފައިވާގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ފަންޑުގައި ޖުމުލަކޮށް ހުންނަން ޖެހެނީ 326.3 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް އެ އަދަދުން ބޮޑު ބައެއް ވަނީ ދިގު މުއްދަތައް އިންވެސްޓު ކުރެވިފައިކަމަށާއި ސަރުކާރުން 2026 ވަނަ އަހަރު ލޯނުތަކެއް ދެއްކުމަށްވެސް ކަނޑައަޅާފައިވަނީ އެ ފަންޑުގެ ފައިސާކަމަށް އެމްއެމްއޭއިންވަނީ ފާހަގަކޮށްފައެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން، ލޯނު ދައްކަން ނިންމާފައިވަނީ އެސްޑީއެފްގެ ފައިސާއިންކަމަށް ވުމުން 2026 ވަނަ އަހަރު އެ ފައިސާ އަނބުރާ ނުލިބިއްޖެ ހާލަތެއްގައި ދަރަނިތައް ދެއްކުން ދަތިވެގެންދާނެކަމަށެވެ. އެހެންކަމުން އެ އިންވެސްޓުމެންޓު މެޗުއަރ ކުރާނެ ޕްލޭނެއް މިހާރު އެކުލަވާލުން މުހިންމުކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 20%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: