ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

65 މީހުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި މެޑަލްދެއްވައިފި!

ރައީސް ސާލިހު ހާއްސަ އިނާމު ދެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށާއި، ގުރުއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިން ފާސްވި މީހުންނަށް ރައީސުލްޖުމުހުރިއްޔާ ދެއްވާ އިނާމާއި ހާއްސަ މެޑަލްތައް ދެއްވައިފިއެވެ.

ޖުމުހޫރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ރައީސް ސާލިހުވަނީ ހާއްސަ އިނާމު 65 މީހަކަށް ދެއްވާފައެވެ. އިނާމުތައް ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ އެކުލަވާލެއްވި ހާއްސަ އިނާމާއި ބެހޭ ކޮމިޓީއިންނެވެ.

މި ޖަލްސާގައި މެޑަލްތައް ހާސިލުކޮށްފައިވަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ 9 ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހުން އެންމެ މަތީ ވަނަ ހޯއްދެވި 41 ބޭފުޅެއްގެ އިތުރުން ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކާއި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ފަރާތެކެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން މެޑެލް ހާސިލުކުރެއްވި 13 ހާފިޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: