ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތް ބަޖެޓްގައި ހިމެނިފައިނެތް: މަހްލޫފް

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު ޝުރާއު -- ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރ މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިހަވަންދޫ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތް ބަޖެޓްގައި ނުހިމެނޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި މާރަންދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށޭނެ ތާރީހަކާއި އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ ގޮތަށް ލައިޓް ޖެހޭނެ މުއްދަތެއް ހޯދުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާ ސުވާލު ކޮށްފައިވެއެވެ.

ސުވާލުގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ މާރަންދޫ ދަނޑުގެ ސަބްބޭސް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ދަނޑަށް ބޭނުންވާ ޓާފް ވެސް ވަނީ ރަށަށް ގެންދެވިފައި ކަމަށް މަހްލޫފް ވިދާޅުވިއެވެ. އެ މަސައްކަތް ލަސްވެގެން އުޅެނީ ދަނޑުގައި ޓާފް އެޅުމުގެ ކުރިން އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެކަމަށް ބޭނުންވާ އަގެއް ހޯދި އެއާއި ބެހޭ އިތުރު މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އެކަމަށް ދޭންޖެހޭ ހުއްދަތައް ދިނުމާއެކު އެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރު ކުރެވޭނެ ގޮތެއް ބަލަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: