ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ހައްލުކުރުމަށް މިދަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުން: ހޮރައިޒަން ފިޝަރީޒް

ޝެއާރކޮށްލާ ކަހަލަދޯ؟

މާންދޫ މަސްފެކްޓްރީން މަސްކިރުވުމަށް ފަހު މަސްވެރިންނަށްދޭންޖެހޭ ފައިސާގެ މައްސަލަ. ކަމާއިބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޮރައިޒަން ފިޝަރީޒް އިން ބުނެފިއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ، ނުރުހުން ފާޅުކޮށް ފެކްޓަރީގެ ބޭރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާކޮށްފަ އެވެ. އެމީހުން ބުނާ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

އެ މައްސަލަ އާއި ގުޅިގެން ސަންގުން ސުވާލު ކުރުމުން ހޮރައިޒޮންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މަސްވެރިންނަށް ވަގުތުން ދޭންޖެހޭ ފައިސާ އެއް ނޯންނާނެ ކަމަށެވެ. އަދި ފައިސާ ދޫކުރަނީ ކްރެޑިޓް އުސޫލުން އެކި މަސްދުވަހަށް ބަހާލައިގެން ކަމަށްވެސް ހޮރައިޒޮން ފިޝަރީޒް އިން ވަނީ ބުނެފައެވެ.  އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހޮރައިޒަން ފިޝަރީޒް އިން ވަނީ ބުނެފައެވެ.

އެ މައްސަލަ އާއި ގުޅިގެން ނޫސްތަކާއި ސޯޝަލް މީޑިއާގައި ފެތެރެމުންދާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށާއި މަސްވެރިންނަށް ދޭންޖެހޭ ކަމަށް ބުނާ ފައިސާގެ އަދަދަކީ ވެސް ސައްހަ ނޫން އަދަދެއް ކަމަށް ވެސް ވަނީ ހޮރައިޒަން އިން ބުނެފައެވެ.

މިފްކޯ އަކީ ސަރުކާރު ހިއްސާވާ އަދި ސަރުކާރުން ސަބްސިޓީ ދޭ ސަބްސިޑަރީ ކުންފުންޏަކަށް ވެފައި މިފްކޯ އިން ގަންނަ އަގުގައި ހޮރައިޒަން ފިޝަރީޒް އިން މަސް ނުގަނެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ސަބަބަކީ ހޮރައިޒަން އަކީ ޕްރައިވެޓް ކުންފުންޏަކަށް ވާތީ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: