ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އިއާރ އެންޑް ސޭލް ފަށައިފި!

އެސްޓީއޯ އައަރ އެންޑް ސޭލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން “އިއާރ އެންޑް ސޭލް” ފަށައިފިއެވެ.

އެސްޓީއޯ އިން 2022 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ސޭލް ކުރިއަށް ދާނީ މިއަހަރުގެ ނިޔަލަށެވެ.

500 ރުފިޔާއިން މަަތީ ވިޔަފާރިތައް ކޮށްގެން ބައިވެރިވެވޭ މި ސޭލްގެ ލަކީ ޑްރޯގެ އެއްވަނަ އިނާމަކީ 65 އިންޗި ޓީވީއަކާއި ސްޕީކާ އަދި ރެފްރިޖަރޭޓާރ ބަންޑްލް އެކެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އެސްޓީއޯ އިން މުދާ ގަނެވޭނެ 15،000 ރުފިޔާގެ ގިފްޓު ވޯޗާއެއް ކަމަށްވާއިރު ތިންވަނަ އިނާމަކީ 5،000 ރުފިޔާގެ ވައުޗަރެކެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާއިރު، އެސްޓީއޯގެ ހުރިހާ ފިހާރައަކުން 80 އިންސައްތައާއި ހިސާބަށް ޑިސްކައުންޓު ލިބިގެންދާނެއެވެ.

އެސްޓީއޯ އިން މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، ފީފާ ވޯލްޑު ކަޕަށް ތައްޔާރުވުމަށް ފަށާފައިވާ “ހޭވައްލާ ތައްޔާރު” ޕްރޮމޯޝަންވެސް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނެފައިވާގޮތުން، މި ޕްރޮމޯޝަންގައި 500 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި ކޫޕަނެއް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: