ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ފަރާތުން ވޯލްޑްކަޕާއި ގުޅުވައި ގިނަ ޕްރޮޑަކްޓްތަކެއް!

އުރީދޫ "ފުޓުބޯޅަ ފޯރި" ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ އިން ވޯލްޑު ކަޕާއި ގުޅުވައި ހާއްސަ ޕްރޮޑަކްޓުތަކެއް ލޯންޗުކޮށްފިއެވެ.

”އުރީދޫ ފޫޓުބޯލް ފޯރިގެ“ ހަރަކާތުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރެސް ކޮންޕަރެންސެއްގައި އު ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްވަނީ އެ ކުންފުނިން ލޯންޗު ކުރާ ޕޮރޮޑަކްޓުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

ނިޔާޒް ވިދާޅުވީ، މީޑިއާނެޓާއި ގުޅިގެން އެ ކުންފުނިންވަނީ ވޯލްޑުކަޕުގެ ހުރިހާ މެޗެއް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ބަލާލެވޭނެ ޕެކެޖެއް ތައާރަފް ކުރުމަށް ނިންމާފައިކަމަށެވެ. ނިޔާޒް ވިދާޅުވީ، އެޕެކެޖަކީ 250 ރުފިޔާއަށް ލިބޭ ޕެކެޖެއްކަމަށެވެ. އަދި 100 ޖީބީ ލިބޭ އިރު، މީޑިއާނެޓުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭކަމަށާއި އިތުރު ޑޭޓާ ހަރަދު ނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ނިޔާޒް ވިދާޅުވީ، މީޑިއާ ނެޓާއި ގުޅިގެން ތައާރަފްކުރާ ހާއްސަ ޕެކެޖު މި ހަފްތާ ނިމޭ ހިސާބުގައި ކަސްޓަމަރުންނަށް ހުޅުވާލާނެކަމަށެވެ.

އިތުރު ކަންކަންވެސް ހުރިކަމަށް ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ، ގަތަރުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަަޖެހިފައިވާތީ ރާއްޖޭގެ ގިނަ ބަޔަކު ވޯލްޑު ކަޕު ބެލުމަށް ގަތަރަށް ދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ހާއްސަ ރޯމިންގް ޕެކެއް ތައްޔާރުކޮށްފައިވާކަމަށް އެނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާލުވީ، އެ ޕެކުގެ ދަށުން 1،000 ރުފިޔާއަށް 1 ޓީބީ ޑޭޓާ ލިބޭނެކަމަށެވެ. އަދި ގަތަރުގައި ހުރި ސްޓޭޑިއަމްތަކުގައި 5ޖީ އާއި 4ޖީވެސް ބޭނުން ކުރެވޭނެކަމަށް އެނާ ވިދާޅުވިއެވެ.

ދިވެހިންގެ އުފެއްދުމެއް ކަމަށްވާ ”ގޯލާރ“ އާއި އެކު ގާއިމު ކުރެވިފައިވާ ޕާޓްނާރޝިޕެއްގެ ދަށުން ގެސް ދަ ސްކޯ މުބާރާތެއްވެސް ފެށިގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އެ އެޕް މެދުވެރިކޮށް ސްކޯ ދިމާ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ދިމާ ކުރާ 7 މީހަކަށް އައިޕޯނު، މޫދުގައި ބޭނުން ކުރާ އެކުއިޕްމެންޓު ގަޑި އަދި ރިސޯޓް ސްޓޭ ފަދަ ތަކެއްތި ދިނުމަށް ހަަމަޖެހިފައިވާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒްވަނީ ފީފާ ޓޯނަމެންޓެއް ބޭއްވުމަށް ނިންމާފައިވާކަންވެސް ހާމަކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ 4 ސިޓީގައި ވެސް ގާއިމު ކުރާ ފޭން ޒޯނުތަކުގައި އުރީދޫއިން ބަހައްޓާ ޕްލޭ ސްޓޭޝަންތައް މެދުވެރިކޮށް މެޗުތައް ކުޅެވޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: