ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންދު ކޮލެޖަށް ބަދަލު ދިނުމުގައި އިހުމާލެއް ނެތް: ސިވިލް ކޯޓު

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން އެޑިއުކޭޝަން މިނިސްޓްރީއިން މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަންދު ކޮލެޖު ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ، އެއްމަސް ދުވަހުގެ ތެރޭގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖު ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ފައިސާ ދައްކާފައިވަނީ ޖެހިގެންއައި މެއި މަހުގެ 20 ވަނަ ދުވަހުއެވެ.

މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މާލޭ ހައި ކުންފުނިން ބުނެފައިވަނީ އެޑިއުކޭޝަނުން ފައިސާ ދެއްކީ އެފައިސާ ދެއްކުމަށް އޮތް މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން ކަމަށެވެ. އެހެންވެ، އެ ފައިސާ ދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ ކޮލެޖުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގެ ހުކުމުގައި ސިވިލްކޯޓުން ރިޔާއަތްކޮށްފައިވަނީ، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ ހ. އަށެވެ. މި މާއްދާގައި ބުނެފައިވަނީ ވަގުތު ނުވަތަ މުއްދަތު ވަކި ގާނޫނެއްގެ ބޭނުމަށްޓަކައި، ބަލަންޖެހިއްޖެ ހިނދެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ދެކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައި ކަމަށެވެ.

މި މާއްދާގައި ބުނާގޮތުން މި މައްސަލައިގައި ފައިސާ ދެއްކުމަށް ހުކުމް ކުރި ދުވަސް ނުހިމަނައި ގުނާނަމަ 30 ދުވަސް ހަމަވާނީ މެއިމަހުގެ 19 ވަނަ ދުވަހަށެވެ. އެހެންކަމުން މި މާއްދާގައި ބުނާގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް މެއިމަހުގެ 20 ވަނަ ދުވަހު ފައިސާ ދެއްކުމުގެ ފުރުސަތު ލިބިދެއެވެ.

މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާ އެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: