ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގޫދޫ ބިން ހިއްކުމަށް ސައިޓް މޮބިލައިޒް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފ މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފެށުމަށް މި މަހުގެ 16 ވަނަ ދުވަހު ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މި މަޝްރޫއުގައި ރަށުގެ ބަންޑް ވޯލް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، ރަށުގެ ތަރައްގީ އާއި އެހެނިހެން ބޭނުންތަކަށް ހާއްސަ ކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައގްީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމާއި 3،339 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިުތުރން 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 206.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: