ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ އޮތީ މަސްވެރިކަން އެއްކޮށް ނެތި ކޮށްލުމުގެ ވިސްނުން: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އޮތީ މަސްވެރިކަން އެއްކޮށް ނެތި ކޮށްލުމުގެ ވިސްނުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާރު މަސްވެރިންނަށް ދޭންޖެހޭ ހަމައަގުގެ ވާހަކަނުދައްކާކަމަށާއި، މަސްވެރިން މިހާރު ބޭނުންވަނީ އެންމެ ކުޑަ މިނުން އަގެއް ލިބުންކަމަށެވެ.

ހަމައަގުގެ ވާހަކަނުދައްކާ ތިމަންނަމެން ބާނާ މަސްކޮޅަށް ދެވުނު ވަރަކުން ލާރި ދޭށޭ. ދެވުނު ވަރަކަށް ލާރިދޭށޭ ހަމައަގުގެ ވާހަކަ ތިމަންނަމެން ބޭނުމެއްނޫނޭ، ހެޔޮނުވާނޭ ހަމައަގެއް ބޭނުމެއް ނޫނޭ. މިއަދު މިއުޅެނީ މަސްވެރިން މަސްކިރާލީމަ ލާރި ކޮޅު ނުދެވިގެން.

މަސްވެރިން މަހަށް ނިކުތުމަށްޓަކައި ބޭނުންވާ އައިސް ހޯދުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަދިވެސް ހައްލެއް ނުލިބޭކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކެޕޭސިޓީ ބިލްޑްކުރުމަށް 16 މިލިއަންއެއްހާ ޑޮލަރު ރައްކާކޮށްފައިވާނެކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ނަމަވެސް ސްޓޯރޭޖް ކެޕޭސިޓީ އަދިވެސް ބިލްޑްނުވާކަމަށެވެ. ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޔަތް އެދަނީ ހަލާކުވަމުންކަމަށެވެ.

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ގަބޫލުކުރައްވާ ގޮތުގައި 15 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއިން މަސްވެރިކަން ނެތިގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރި އުޅަނދުތައް ބަނދެފައި ހުރީ ދަރަނި ނަގައިގެންކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ނަމަވެސް މަސްވެރިކަން އެއްކޮށް ނެތިކޮށްލުމުގެ ވިސްނުން ސަރުކާރުގެ އޮތުމުން އެކަން ހާސިލްކުރުމަށްޓަކައި ކުރާ މަސައްކަތުގެ ސަބަބުން ޒުވާނުން މަހަށް ނުދާކަމަށެވެ. އެގޮތުން މަސްވެރި ޒުވާނުން ކޮންޓްރެކްޓުގައި ސޮއިކުރުވާ ކުޑަ މުސާރައަށް ސަރުކާރުގެ ކުންފުނިތަކަށް ވައްދަނީކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅު ރަށްރަށުގައި މަސްވެރި އުޅަނދު ފަހަރުތަކަށް އަރާ ޒުވާނުން ބަލާފަ އެ ޒުވާނުންތައް ރަށުގަ ވަގުތީ ގޮތުން ބޭއްދޭނެ ގޮތެއް. ވަގުތީ ގޮތުންނޭ މި ދަންނަވަނީ ކޮންޓްރެކްއެއްގައި ސޮއިކޮށްފި މިދެނީ ވަޒީފާ އެއް އަހަރު ދުވަހަށް، އެއް އހަަރު ދުވަހުން އާ މިކުރަނީ ރައިސުލްޖުމްހުރިއްޔާއަށް ސަނާ ކިޔާ މިންވަރަށް ބަލާފަ.

މިކަމުގެ ސަބަބުން ދަރަނި ނަގައިގެން ދޯނި ބަތް އޮނޑިވެރިޔާއަށް ވަނީ ގެއްލުންކަމަށާއި، އަދި ބެންކަށް ދަރާނީކަމަށް ޝިޔާމް ވިދާޅުވިއެވެ. ނުވަތަ ލޯނު ނަގަން މޯގޭޖުކުރާ ހަރުމުދާ ބޭންކަށް ނަގާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ފާހަގަކުރެއްވީ ޗާގޯސްގެ މައްސަލައާއި ގުޅިގެންވެސް މަސްވެރިންނަށް އެތައް ގެއްލުމެއް ލިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: