ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިކްލެއަރ ނުކުރާ 9 މިލިއަނަށް ވުރެ ގިނަފައިސާ ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައި

ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް: ފޮޓޯ ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަސްޓަމްސް އަށް ޑިކްލެއަރނުކުރާ 9 މިލިއަނަށްވުރެ ގިނަފައިސާ ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ކަސްޓަމްސް އިން އާއްމުކުރި ތަފާސް ހިސާބުތަކުގައި ވާ ގޮތުން ޑިކްލެއަރ ނުކޮށް ރާއްޖެއަށް ފައިސާ އެތެރެ/ ބޭރު ކުރުމާއި ގުޅޭ 9 މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު 179،287 އެމެރިކާ ޑޮލަރާއި 5415 ޔޫރޯ އަދި 3،411،129 އެމެރިކާ ޑޮލަރު ވަނީ ހިފަހައްޓާފައެވެ.

2021 ވަނަ އަހަރު 1،148،287 ރުފިޔާ ވަނީ ހިފަހައްޓާފައެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްވެސް ފައިސާ އެއް ހިފެހެއްޓިފައެއް ނުވެއެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމް އަށް ފައިނޭންސްކުރުން ހުއްޓުވުމާއި ބެހޭ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހުގައިވާ ގޮތުން، 200 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ އެހެން ފައިސާ އެއް އެތެރެ/ބޭރު ކުރާނަމަ ކަސްޓަމްސް އިން ޑިކްލެއަރ ކުރަންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: