ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ބޮޑުވަނީ ނުރައްކަލެއް ނެތް މާހައުލެއްގައިކަން ކަށަވަރު ކުރަން ޖެހޭ: ރައީސް ސާލިހު

ރައީށުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދަރިވަރުންތަކަކާއިއެކު .
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލްހަވެރި ނުރައްކާތެރިކަމެއް ނެތް މުޖުތަމައެއް ކުޑަކުދިނަށް ގާއިމުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓްގައި ރައީސް ސާލިހުވަނީ އެންމެހާ ކުޑަކުދިންނަށް އެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ. އަދި އެ ދުވަސް ފާހަގަކުރައްވާއިރު، ކުޑަކުދިންގެ މައްޗަށް އޮތް ޒިންމާތައް ހަނދުމަ ނުނެތޭކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެ ޒިންމާއަކީ، ހުރިހާ ކުދިން ބޮޑުވެގެންދަނީ ސުލްހަވެރި، ނުރައްކާތައް ނައްތާލާފައިވާ މާހައުލެއްގެ ތެރޭގައި ބާކީ ނުވެކަން ކަށަވަރު ކުރުންކަމަށެވެ. އަދި އެ މާހައުލުގެ ތެރޭގައި ހުރިހާ ކުދިންގެ ހައްގުތައް ކަށަވަރު ކުރުމަކީވެސް ޒިންމާއިން ބައެއްކަމަށް ރައީސް ސާލިހުވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: