ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ޕްލޭނިންގ ގަވާއިދު ގެޒެޓްކުރަން ފޮނުވުމަށް މިނިސްޓްރީ އަށް އެންގުމަށް ފާހެއް ނުވި

ރައްޔިތުންގެ މަޖިލީސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ޕްލޭނިންގ އާއި އިމާރާތް ކުރުމުގެ ގަވާއިދު ގެޒެޓްކުރުމަށް އެ ގަވާއިދު ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހަށް ފޮނުވުމަށް އެ މިނިސްޓްރީއަށް އެންގުމަށް މަޖިލީހުން ފާހެއް ނުވިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު މިނިސްޓްރީއަށް އެންގުމަށް ފާސްކުރުމަށް ނުފެންނަ ކަމަށް ނިންމާފައިވަނީ އެމައްސަލައިގައި ނެގި ވޯޓްގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ ވޯޓާ އެކުގައެވެ.

އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު1 ގައި ހިމެނޭ ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު މަޖިލީހުގެ ގަވާއިދު ކޮމިޓީން އިސްލާހު ކުރުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް ފޮނުވާައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ގަވާއިދު ގެޒެޓް ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ ފަރާތުން ވަނީ ދިރާސާ ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން ގަވާއިދު ކޮމިޓީން ނިންމީ މިހާތަނަށް އެ ގަވާއިދު ގެޒެޓްގައި ޝާއިޢު ކުރުމަށް އެދި މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހަށް ފޮނުވާފައިނުވާތީ އެ ގަވާއިދު ގެޒެޓް ނުކޮށް ބޭއްވުމަކީ ގާނޫނީ ހަމަތަކުގެ މަތިން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެގަވާއިދު ގެޒެޓް ނުކޮށް އޮތް އޮތުމަކީ އާއްމު ގަވާއިދުތަކާއިބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ވެސް ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ކޮމިޓީން ގަވބޫލުކުރާ ކަމަށވެސް ކޮމިޓީއިން ވަނީ ބުނެފައެވެ. ވުމާއެކު މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ގަވާއިދު ރައީށް އޮފީހަށް ފޮނުވުމަށް އެންގުމަށް ކޮމިޓީން ނިންމިއެވެ. ނަމަވެސް އެނިންމުން މަޖިލީހުން ފާހެއް ނުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: