ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ހެދުމުގެ މަޝްރޫއަށް ސައިފްގެ ފާޑުކިޔުން: ހަތަރުމަހުން ވިހިތިރީސް ފޫޓް ނުުނިމޭ !

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލައިގައި މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ފާޑު ވިދާޅުވެއްޖެއެވެ.

ސައިފް ވިދާޅުވީ މަގުތައް ތަރައްގީ ކުރުމަކީ މުނިސްޕަލް ކަމެއް ކަމަށެވެ. އެގޮތުން މައި ސަރުކާރުގެ ބޮޑު މިނިސްޓްރީގެ ދަށަށް ގެނެސް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދަރަންޏަށް ލުއިދިނުމަށް އިންފްލޭޓަޑް އަގުގައި މަސައްކަތް ހަވާލު ކުރުމުން  ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ޖަވާބުދާރީ ކޮށް ޒިންމާދާރު ނުކުރެވޭ ކަމަށެވެ.

 

ސައިފް ވިދާޅުވެފައިވަނީ ހަތަރުމަސް ވެގެންދާއިރުގައި ވެސް މަގުގެ ވިހި ނުވަތަ ތިރީސް ފޫޓް މަސައްކަތް ކޮށް ނުނިމޭ ކަމަށެވެ.

އަމީނީ މަގު ހެދުން ލަސްވުމަށް ދިމާވެފައިވާ ސަބަބެއްގެ ގޮތުގައި މަސައްކަތާއި ހަވާލްވެފައިވާ ފަރާތް ކަމަށްވާ ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފައިވަނީ މަގު ހެދުން ލަސްވަނީ އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ނުލިބުން ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ފެން ކުންފުނީގެ ފަރާތުން އެކުންފުނީގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެވިފައި ނެތުމުގެ ސަަބަބުން ކަމަށް އާރުޑީސީ އިން ވަނީ ބުނެފައެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް މީގެ ކުރިން ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލާއި ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި އެ މަސައްކަތް އާރުޑީސީ އާއި ހަވާލު ކުރީ 84 މިލިއަން ރުފިޔާއަށެވެ.

އެ މައްސަލައިގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން އެމަސައްކަތް ކުރުމަށް ހުށައެޅީ އާރުޑީސީއަށް ދިން އަގަށް ވުރެ ކުޑަ އަގަކަށް ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަމީނީ މަގު ހެދުމަށް  ކަނޑައެޅި އަގަކީ 39 މިލިއަން ރުފިޔާއެވެ. އަދި މާލެ ސިޓީ ކައުންސިލަށް މަގު ހެދުމަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިނުވާ ކަމަށްވެސް މީގެ ކުރިން ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ނިންމާފައިވަނީ އަމީނީ މަގުގެ ހާލަތު ދަށްވުމާއި ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވެ ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައި ވަނިކޮށެވެ. އެ މަގު ތަރައްގީކޮށް ނިމޭއިރު މަގުގައި ފެން ހިންދާނެ ޒަމާނީ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އާރުޑީސީގެ ފަރާތުން ވަނީ ބުނެފައެވެ. އެގޮތުން ފެންހިންދާ ޕަމްޕް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އާރުޑީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: