ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އިލެކްޝަންސްގެ ފަރާތުން ފޮރިން މިނިސްޓްރީ އާ މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަރާތުން ފޮރިން މިނިސްޓްރީއާ މަޝްވަރާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީ އާ އެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ދިވެހިން އުޅޭ ގައުމުތަކުގައި ވޯޓްލުމަށް ރަޖިސްޓްރީ ވާ ފަރާތްތަކުން ވޯޓް ލުމަށް ހާއްސަ ކޮށް ވޯޓް ފޮށި ބަހައްޓައެވެ. އެގޮތުން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އާއި އިނގިރޭސިވިލާތާއި މެލޭޝިޔާ ފަދަ ގައުމު ތަކުގައި އިލެކްޝަންސްގެ ފަރާތުން ކޮންމެ ރިޔާސީ އިންތިހާބެއްގައި އަންނަނީ ވޯޓް ފޮށި ބަހައްޓަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: