ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަން ކުރަން ބިދޭސީންނަށް ހުއްދަދީފި

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

މަސް ދޯނިފަހަރުގައި މަސްވެރިކަން ކުރަން ބިދޭސީންނަށް ހުއްދަދީފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވަނީ ކަނޑު މަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާއި ގުޅޭ އިސްލާހަށް ބަދަލު ގެނެސް ބިދޭސިން މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވެ އުޅުން ހުއްދަކޮށްފައެވެ.

މަސްވެރިކަމުގެ ގަވާއިދު ކުރިން އޮތް ގޮތުން ބިދޭސީންނަށް މަސްދޯނި ފަހަރުގައި މަސައްކަތް ކުރެވޭނީ ސެކިއުރިޓީ ބެލެހެއްޓުމާއި ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތް ކުރުަމަށް ގިނަވެގެން ދެ ބިދޭސީންނަށެވެ.

ކުރީގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން ބިދޭސީންނަށް އެއްވެސް މިންވަރަކަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުކަމީ މަނާ ކަމެކެވެ. ނަމަވެސް އިއްޔެ އެގަވާއިދު އަލުން އިސްލާހު ކުރިއިރު 18 ވަނަ މާއްދާގެ (ހ) ވަނީ އުނިކޮށްފައެވެ.

މިހާރު ގަވާއިދުގައިވާ ގޮތުން 15 މީޓަރަށްވުރެ ކުދި އުޅަނދުތަކުގައި ގިނަވެގެން ހަތަރު ބިދޭސީންނަށް މަސައްކަތް ކުރެވޭނެއެވެ.

އުޅަނދުގެ ބޮޑުމިން 15 މީޓަރާއި 24 މީޓަރަށް ފެތޭނަމަ ގިނަވެގެން ހަ ބިދޭސީން ގެންގުޅެވޭއިރު އުޅަނދުގެ ބޮޑުމިން 24 މީޓަރަށްވުރެ ބޮޑުނަމަ ގިނަވެގެން 8 ބިދޭސީންނަށް އެ އުޅަނދެއްގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް އަލަށް އެކުލަވާލި އިސްލާހުގައި ވެއެވެ.

މަސްވެރިކަން ކުރުމުގައި ބިދޭސީން ގެންގުޅެވެނީ ސަރުކާރުގެ ފަރާތުން އެކަމަށް ދޭ ކޯޓާ ނަގައިގެންނެވެ.

މީގެ އިތުރުން މަސްވެރިކަމުގައި އުޅޭ ބިދޭސީންނަށް ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ވެސް ވަނީ މަޖުބޫރުކޮށްފައެވެ.

މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުންދާ މަސައްކަތަކަށް ވަމުން އެ ދާއިރާއަށް އިތުރު ދިވެހިން ނެރުމާއި ޒުވާނުން އަހުލުވެރިކުރުމުގެ މަސައްކަތް މަދު ނަމަވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 750 ދޯންޏަކަށް މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވެއެވެ.

މަސްވެރިކަމުގައި ބިދޭސީން މަސައްކަތްކުރުން މަނާކޮށްފައިވަނީ އެ ސިނާއަތުގައި މަސައްކަތްކުރާ ބޭރުމީހުން ގިނަވުމުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަސްގަނެ ވިއްކާ ހަދާނެ ފަރާތްތަކަށް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލަންވީ.
    އޭރުން މަސްވެރީންނަށް އަސްލު ކުރިއެރުމާއި ލިބެންޖެހޭ ހަމައަގު ލިބުމާއި ގާނޫނީ ބާރުވެރިކަން މަސްވެރިންނަށް ލިބޭނެ.
    މިހާރު މަސްެވެރިން މިތިބެނީ ސަރުކާރު ދެއަތްބާނައިގެން މޮޑޭ މަސްހުނިގަނޑަކަށް ހަދާފައި. ޖަޕާނު މަރުބޭނީ ކޯޕަރޭޝަން އަދި ހޯކޯމާރުން ގެނެްސްދިން ކުރިއެރުމެއް އަދި ފެންނަން މިއޮތީ.އެމީހުން ބޭރުކޮށް ސަރުކާރުން މަސްެވެރިންގެ ކަރަށް އަތްބާނައިގެން މިއަދާހަމަޔަށް ދިން ގެއްލުމުގެ ބަދަލުވެސް ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: