ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ އަދި ޕާޕަލް ލޭން ގުޅިގެން ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހިދުމަތްތައް ފުޅާކޮށްފި!

އުރީދޫ އަދި ޕާޕަލް ލޭން ގުޅިގެން ކުރިއަށް ގެންދިޔަ ހަފްލާގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫއިން ދެމުންދާ ކްލަބް ޕްރިމިއަރ ލޯންޖުގެ ހިދުމަތްތައް ޕާޕަލް ލޭން އެޕްއާއި ގުޅިގެން އިތުރަށް ފުޅާކޮށްފިއެވެ.

އުރީދޫއިން ބުނެފައިވާގޮތުން ޕާޕަލް ލޭނާއި ގުޅިގެން ކްލަބް ޕްރިމިއަރގެ ހިދުމަތްތައް ދިނުމަށް ނިންމީ އިތުރު ޕްލެޓުފޯރމަކުންވެސް އެ ކުންފުނީގެ ހިދުމަތްތައް ލިބުމުގެ ފުރުސަތު ފަހި ކުރުމަށެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ، އިފްތިތާހު ކުރެވިގެންދިޔަ މި ހިދުމަތާއި އެކު އެ ކުންފުނީގެ ލޯޔަލްޓީ ކަސްޓަމަރުންނަށް އިތުރު ކެފޭތަކާއި އައުޓްލެޓުތަކުން ޑިސްކައުންޓުތައް ލިބިގެންދާނެއެވެ.

އެނާ ވިދާޅުވީ، ދިވެހި އުފެއްދުންތައް މާކެޓު ކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. ނިޔާޒް ވިދާޅުވީ، ޕާޕަލް ލޭން އަކީ މިހާރު ރާއްޖޭގައި އޮޕަރޭޓު ކުރާ ކުންފުންޏެއް ނަމަވެސް، އެ ކުންފުނިން ބޭނުންވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކައިރި ގައުމުތަކަށްވެސް އެ އެޕްލިކޭޝަންގެ ހިދުމަތްތައް ދިނުމައް ކަމަށެވެ.

ނިޔާޒް ވިދާޅުވީ، ޕާޕަލް ލޭނާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ އެންމެ ބޮޑު މަގުސަދަކީ ކަސްޓަމަރުންނަށް އިތުރު ހިދުމަތެއް ދިނުންކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ގިނަ އަދަދެއްގެ ތަންތަނުން ޑިސްކައުންޓު ލިބޭނެ މަގެއް ފަހިވެގެންދާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ޕާޕަލް ލޭން އެޕު މެދުވެރިކޮށް، ފުވައްމުލަކުގައި ހުރި އައުޓުލެޓުތަކުންވެސް ޑިސްކައުންޓު ލިބޭނެކަމަށެވެ.

ޕާޕަލް ލޭންއިން ބުނެފައިވާގޮތުން އުރީދޫ އާއި ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން އެ ކުންފުނީގެ އެޕްލިކޭޝަން އާ ހަަރުފަތަކަށް ގޮސްފައިވާކަމަށެވެ. އަދި ޕާޕަލް ލޭންގެ މަގުސަދަކީ އެކި ތަންތަނުގައި ލިބެންހުރި ރަނގަޅު އޮފާޒްތަކާއި ޑީލުތައް އެތަނަކުން ފެނިގެންދާ ގޮތަށް ހެދުންކަމަށްވެސް އެނާ ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: