ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ އިންޒާރު މަހާޒަށް: ފަރިއްކޮޅުގައި ސުވާލު އުފެދޭ، އެއްބާރުލުން ނުދިނަސް މައްސަލަ ބަލާނަން!

ފަނޑިޔާރު މަހާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހު އެ ކޯޓުގައި އޮތް ފަރީއްކޮޅާއި މެދު ސުވާލު އުފެދޭކަމަށާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެއްބާރުލުން ނުދީ އިހުތިޔާރު ކުރީ މީޑިއާތަކަށް ބަޔާން ނެރުމަށްކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ހަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ކެއުމަކާއި މަހާޒް ހަވާލުވިކަމުގެ ޝަކުވާއެއް ލިބި ޖޭއެސްސީން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ނިންމިއިރު، މަހާޒަށް އެ މައުލޫމާތު އެހެން ގޮތަކުން ލިބި ފަނޑިޔާރުންތަކެއް ތިބޭ ވައިބާރ ގުރޫޕަކަށް އެ މެސެޖު ފޮނުވައި އެކަމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅު ކުރި އެވެ. އަދި ސުލޫކީ މައްސަލައެއް އުފެދޭ ވަރުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށް އެ މެސެޖާއި އެކު މަހާޒް ވިދާޅުވި އެވެ.

އެ މެސެޖުގެ މައުލޫމާތާއި، އަދި އެފަދަ މައްސަލައެއް ބަލަމުންދާކަން މަހާޒްގެ ފަރާތުން އެނގި މީޑިއާތަކުން އެކަން ކޮމިޝަން މެދުވެރިކޮށް ސާފު ކުރުމަށް މަސައްކަތް ކުރި އެވެ. އަދި ކޮމިޝަނުން އޭގެ ފަހުން ބަޔާނެއް އާއްމުކޮށް މަހާޒްގެ ޝަކުވާއެއް ލިބި އެ މައްސަލަ ބަލަމުންދާކަން ހާމަކުރި އެވެ. ނަމަވެސް ޖޭއެސްސީއަށް ރައްދު ދީ، މަހާޒް ވެސް ބަޔާނެއް އާއްމުކޮށް ބުނީ ކެއުމުގައި ސުވާލު އުފެދެން ޖެހޭކަމެއް ނެތްކަމަށާއި، އެ ދުވަހުގެ ކެއުމަށް ފައިސާ ދެެއްކީ އޭނާކަމަށެވެ. އަދި އެގޮތަށް ކޯޓަށް ކެއުން އޯޑަރު ކުރުން އެއީ އާއްމުކަމެއްކަމަށް ފާހަގަކޮށް، އެ ދުވަހު ކެއުން ގެނައި ތަން އެހެން ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވި އެވެ.

ޖޭއެސްސީން މައްސަލަ ބަލަމުން ދާތީ، ދިފާއުގައި މަހާޒް ބަޔާނެއް އާއްމުކޮށްފައި ވަނިކޮށް ކޮމިޝަނުން މިރޭ ބުނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް އޭނާ މީޑިއާތަކަށް މެދުވެރިކޮށް މައުލޫމާތުތައް ފަތުރަމުންދާކަން ސަމާލުކަމަަށް އައިސްފައިވާކަމަށެވެ. މަހާޒާއި ގުޅޭގޮތުން ކޮމިޝަނަށް ލިބުނު ޝަކުވާއަކީ އޭނާ ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރެއް ފޮނުވި ކެއުމަކާއި ހަވާލުވެ އެ އުފަލުގައި ބައިވެރިވުންކަމަށް ބަޔާނުގައި ވެއެވެ.

އެހެންވެ އެ ޝަކުވާ އާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ކެއުމެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް މަހާޒް ތަކުރާރުކޮށް އިއުތިރާޒުކޮށް ދެކޮޅު ހެދިކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ކެއުން އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަ ދެއްވާފައި ނުވާކަން ވެސް ކޮމިޝަނުން ފާހަގަކުރި އެވެ. ކޮމިޝަނުން ބުނީ އެ މައުލޫމާތު ފަނޑިޔާރު މަހާޒް ހާމަނުކުރެއްވީ އެވަގުތު އެ މައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފު ވާނީ ތަހުގީގަށް ފަހު ކަމަށެވެ.

ޖޭއެސްސީގެ ބަޔާނުން އެނގޭ ގޮތުގައި، މައްސަލައިގެ މައުލޫމާތު ހޯދައި ތަހުގީގަށް ކޮމިޝަނުން މަހާޒް މަސައްކަތް ކުރައްވާ ސެކްޝަނުގެ މުވައްޒަފުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އެ މައުލޫމާތުތަކުން އެ ފަރީއްކޮޅާއި މެދު ނުވަތަ ކެއުމާއި މެދު އުފެދޭ ސުވާލުތަކަށް ބާރުދޭ ބައެއް ކަންކަން ހާމަވާކަމަށް ވެއެވެ. އެހެންވެ މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މައްސަލަ ތަހުގީގުކުރަން ކޮމިޝަނުން ނިންމީކަމަށް ބަޔާނުގައި ވެއެވެ.

މައުލޫމާތު ސާފު ކުރުމުގެ މަރުހަލާގައި، މަހާޒަށް އެއްބާރުލުން ދީ ޖަވާބުދޭން ވަގުތު ލިބުނު ނަމަވެސް ކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަނުކުރާކަން ފާހަގަކޮށް ބަޔާނުގައި ޖޭއެސްސީން ބުނީ އެ ޝަކުވާއާއި ގުޅިގެން ބަސް އިއްވަވައި ބަޔާން އިއްވީ މީޑިއާތަކަށް ފެންނާނެހެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންނަށްވާއިރު، ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަން ވާނެ ބައެއްކަމަށް ޖޭއެސްސީން ބުންޏެވެ.

ބަޔާން ނިންމާލަން ޖޭއެސްސީން ބުނީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތު ކުރުމެއްނެތި ކަަމަށެވެ.

ކެއުމަށް ހަރަދުކޮށް، ފައިސާ ދެއްކީ ވެސް އޭނާކަމަށާއި އެކަމުގެ ސްލިޕް ވެސް އޮންނާނެކަމަށް މަހާޒް ވިދާޅުވެ އެވެ. އަދި އެއީ ނުއަގުގައި ނުވަތަ ހިލޭ ގެނައި ކެއުމެއްކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް މަހާޒް ވިދާޅުވީ ނަމަވެސް ޖޭއެސްސީން ބުނެފައިވާ ގޮތުން ޖަވާބުދާރީވާން ދިން ފުރުސަތުގައި މަހާޒްގެ ފަރާތުން އެއްބާރުލުމެއް ނުލިބުނެވެ.

މި މައްސަލައިގައި މަހާޒް އެދިފައި ވަނީ އާއްމުކޮށް ހުޅުވާލައިގެން އޭނާގެ މައްސަލަ ކުރިޔަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 92%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: