ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނަފައިސާ ދައްކަން ހުރީ ދައުލަތުން : އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އާއްމު ފަރާތްތަކަށް ދައްކަންޖެހި ނަމަވެސް އެފައިސާ ނުދަައްކާ އެންމެ ގިނައިން ހުރީ ދައުލަތުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުން ދައުލަތުން މީހުންލައްވާ ފައިސާ ނުދައްކާ 8 މަސް ނުވަތަ ދޮޅު އަހަރު ވީމަ އަދަބު ކަނޑައަޅާ ޖަލަށް ލަނީ ކާކު ތޯ ވިދާޅުވެ ސުވާލު ކުރައްވާފައިވެއެވެ.

 

އަލީ ހުސައިން ދައުލަތަށް އާއްމުން ފައިސާ ނުދައްކާ ވާހަކަ ދައްކަވާފައިވަނީ ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އޮފީހުން ފަށާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެ ކަމަށެވެ.

އެގޮތުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދައި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ފައިސާ ނުދައްކާ ނަމަ ޖަލު އަދަބު ވެސް ކުރިމަތިލާން ޖެހޭނެއެވެ.

އަލީ ހުސައިން ވިދާޅުވީ ދައުލަތުން މީހުން ލައްވާ މަސައްކަތް ކުރުވާފައި ނޫނީ މުދާ ގަނެފައި ދައްކަންޖެހޭ ފައިސާ ނުދައްކައި އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: