ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ އިން ކުޑަކުދިންނަށް ހާއްސަ ފުޓްބޯޅަ އިވެންޓެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ އިން ކުރިއަށްގެންދާ ފުޓްބޯޅަ ފޯރި ކެންޕޭންގެ ދަށުން ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ބާއްވައިފިއެވެ.

އުރީދޫގެ ފުޓްބޯޅަ ފޯރި ކެމްޕޭނަކީ މިއަހަރުގެ ވޯލްޑް ކަޕާއި ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ހާއްސަ ފުޓްބޯޅަ އިވެންޓް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހަވީރު އާޓީފިޝަލް ބީޗްގައެވެ.

އުރީދޫ އިން ބުނިގޮތުގައި ކުޑަކުދިންގެ އިވެންޓްގައި ކުޑަކުދިންނާ ގުޅޭ މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަަމަށެވެ. އެގޮތުން މިނީ ގޯލް ޝޫޓް، ހެޑިން ޗެލެންޖް އަދި ޕެނަލްޓީ ޝޫޓް އާއި ޓޫއޮންޓޫ ޗެލެންޖް ފަދަ ކުޅިވަރުތައް ވަނީ ކުޅެފައެވެ.

މި އިވެންޓްގައި އުރީދޫގެ އެމްބަސަޑަރުން ކަމަށް ވާ މާޒިޔާ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންވެސް ވަނީ ބައިވެރިވެފައެވެ.

އުރީދޫ އިން ވަނީ ވޯލްޑް ކަޕް ފޭން ޒޯންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 އަށް ވުރެ ގިނަ ފޭން ޒޯންތައް ގާއިމްކޮށްފައެވެ.

އުރީދޫން ބުނި ގޮތުގައި  ކުރިއަށް އޮތް ތަނުގައި ވޯލްޑްކަޕް ފޭންޒޯން ތަކުގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: