ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ބޭނުން އެމްޑީޕީން ކުރަނީ ސިޔާސީ ގޮތުން ބަދަލުހިފަން: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ ޖަމީލް : ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަން އެއޮތް ގޮތަށް ބާއްވައިގެން ސިޔާސީ ވެރިންގެ މައްޗަށް ބަދަލު ހިފުމަކީ އެމްޑީޕީއިން ބޭނުންވާ ގޮތް ކަމަށް ކުރީގެ ނައިބުރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވީ އެމްޑީޕީން ދެއްކި ވާހަކައަކީ އޭރުގެ ރައީސް މައުމޫންގެ ވެރިކަން ކަމުނުދާ ވާހަކަ ކަމަށެވެ. އަދި އެމްޑީޕީން އޭރުގައި ބުނަމުންދިޔައީ އެމީހުން ވެރިކަމަށް އައިސް ކަންކަން ރަނގަޅުކޮށް އިސްލާހު ކުރާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީން އޭރުގައި ޒުވާނުން ކައިރީގައި އިސްލާޙުގެ ޕްރިސްކްރިޕްޝަން އެމީހުން އަތުގައި އޮތް ކަމަށް ބުނި ކަމަށެވެ. އޭގެ ތެރެއިން އެމްޑީޕީގެ ޒުވާނުންނާއި ވިންގް ތަކުން އެންމެ ބާރަށް ދެއްކި ވާހަކައަކީ ކޯޓްތައް ގޯސް ވާހަކަ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައިސް ޝަރުއީ ނިޒާމް ހަލާކުކޮށްލި ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރު ކުރެއްވި ޝަރީއަތަކާއި ގުޅިގެން އޭނާ ޑިފެންސް ހެޑްކުއާޓަރަށް ގެންދެވި ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދު ޖޭއެސްސީ ތެރެ ކިލަނބު ކޮށްލައި ޝަރުއީ ނިޒާމް އުވާލުމަށް މަސައްކަތް ކުރި ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދިން ދުވަހު ނުވަތަ އޭގެ އަނެއްދުވަހަކީ މުޅި ރާއްޖޭގެ ޝަރުއީ ނިޒާމް އުވާލާ ގަރާރަކުން އެހެން ޝަރުއީ ނިޒާމެއް ވުޖޫދު ކުރުމަށް ނިންމާފައިވާ ދުވަސް ކަމަށެވެ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓް އެދުވަސްވަރު ވަގުތީ ގޮތުން ކައުންސިލް އަކާއި ހިންގަން ހަވާލު ކުރި ކަމަށެވެ.

ޖަމީލް ވިދާލުވީ އެމްޑީޕީ އަކީ ވަރަށް ގިނަ ތަންދޮރު ނުދަންނަ ބަޔަކު  ނެތް އެއްޗެއް ދައްކައިގެން ތަންދޮރު ދަންނަ ކަމަށް ހެދިގެން އުޅޭ ޖަމާއަތެއް ކަމަށެވެ. ޖަމީލް ވިދާޅުވީ ޝަރުއީ ދާއިރާ އިނގޭ ކަން ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް ގަޟާއީ އާއި ޖުޑިޝަރީ އެނގޭ ބަޔަކު ނެތް ކަމަށެވެ. އަދި ތަނަކަށް ގޮސް ޖުޑިޝަރީ އޮތް ގޮތް ބަލައި ދިރާސާއެއް ކޮށް އެކަން ކޮށްގެން އުޅޭ ބަޔަކު އެމްޑީޕީ ގައި ނެތް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ގާނޫނީ ނިޒާމުން ކިޔަވައިގެން ބައެއް ބޭފުޅުން ތިބި ނަމަވެސް އެމީހުންގެ ތެދު ނިޔަތެއް ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ 2008 ގެ ވެރިކަން ނިމި 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އަޢީ ވަރަށް ބައިވަރު ވާހަކަ ދައްކައިގެން ކަމަށެވެ.

ރައީސް ސާލިހު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކޮމްޕޮޒިޝަން ގޯސް ކަމަށް ވިދާޅުވި ކަމަށާއި އެބަހުގެ މާނަ އެނގިވަޑައިގަންނަވާ ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. ވެރިކަމަށް ހަތަރު އަހަރުވެގެން ދާއިރު ވެސް ކޮމްޕޮޒިޝަން އޮތީ އޮތް ގޮތަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެންކަމުން އެވާހަކަ ދެއްކެވީ ތެދު ނިޔަތް ނެތިކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮވެ ހަތަރުއަހަރު ވެގެންދިޔަ އިރު ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ނުކުރެވިފައިވަނީ ކީއްވެގެންތޯ ވިދާޅުވެ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ. އެމްޑީޕީ އިން ރާއްޖޭގެ ޖުޑީޝަރީ އަށް މިހާތަނަށް ގެނައި ރިފޯމެއް ނޯންނާނެ ކަމަށާއި މިހާތަނަށް ކުރި ކަމަކީ އެ ނިޒާމް ކިލަނބު ކަމަށް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހިސާނު ހީކުރަނީ ޖޭއެސްސީ އަކީ މީހުންނަށް ބަދަލު ހިފުމަށް ލިބިފައިވާ މައިްނބަފައިންގެ ތަރިކަ މުދަލެއް ކަމަށަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: