ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން އަދިވެސް ޖޫރިމަނާ ފައިސާ ނުދައްކާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާ ކުރި ފައިސާ އަދިވެސް އިކޮނޮމިކް މިނިސްޓްރީއަށް ދައްކާފައިނުވާ ކަން ހާމަވެއްޖެއެވެ.

ޖޫރިމަނާ ފައިސާ އާއި ގުޅިގެން “ސަންގުން” ކުރި ސުވާލަކަށް ޖަވާބު ދެއްވައި އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް މާއިޒް ވިދާޅުވީ  ޖޫރިމަނާ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ. އެހެންވެ، އިތުރު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށައި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަަމަ މަރުލަހާ އަކީ އެކަމެއް ހުއްޓުވުން ނުވަތަ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން އޮންނަ އެކި މަރުހަލާތައް. އެގޮތުން ފުރަތަމަ މަރުހަލާ އަކީ ވޯނިން އެއް ދީފައި، ތަން ބަނދު ކުރަން އެންގުމާއި ޖޫރިމަނާ ކުރުން. އެކަން މިހާރު އަޅުގަނޑުމެން ކޮށްފިން، ދެން އޭގެ ފަހުން ޖޫރިމަނާ ދެއްކުމާއި އެ ކަންކަން ކުރަމުން ނުދާ ކަމަށް ވަންޏާ އުސޫލެއްގެ ގޮތުން ދެން އޮންނާނެ ގޮތަަކީ ތަން ބަންދު ކުރުވަން ކުރަން ޖެހޭ ކަންކަން ކުރުން.” މާއިޒް

މާއިޒް ވިދާޅުވީ، ގަސް ފިހާރަ ބަންދުކުރަން ސަރުކާރުން އަދި ނިންމާފައި ނުވި ނަމަވެސް އުސޫލެއްގެ ގޮތުން ދެން އަަޅާނެ ފިޔަވަޅަކީ ތަން ބަންދު ކުރުން ކަމަށެވެ.

މި މައްސަލައިގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ ޖޫރިމަނާ އާއި މެދު މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޓީމުން މަޝްވަރާކުރަމުން ކަމަށެވެ.

ޖޫރިމަނަ ކުރި މައްސަަލާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވެފައި ވަނީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރަން ވިޔަފާރީގެ ޕްލޭންތަކާއެކު، ކުންފުނި ރަޖިސްޓަރީ ކުރަން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހެޅި ކަމަށެވެ. އެކަމަކު، އެއްވެސް ޖަވާބެއް ނުދީ، އެ ލިޔެކިޔުންތައް 8 މަސް ދުވަސް ވަންދެން ބޭއްވުމަށް ފަހު، ކުންފުނިތަކަށް ވިޔަފާރި ކުރެވޭ ގަވައިދަށް ބަދަލު ގެނައީ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަލިމަސްކާނިވަލުގައި ގަސް ފިހާރައެއް ހުޅުވާފަވއިވަނީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަގްސަދުގައެވެ.

އެ ފިހާރަ ހުޅުވީ 25 ވައްތަރަކުން ހާހެއްހާ ގަހާއެކުގަ އެވެ. އޭގެ ތެރޭގައި އަނބާއި ފޭރާއި ސަބުދެއްޔާއި ކަޅުހުތުމޭވާ އާއި މިރުހާއި ލުނބޯ އަދި ޖަނބުރޯލް ފަދަ މޭވާ އަޅާ ގަސް ހިމެނެ އެވެ.

ގަސްފިހާރަ ހުޅުވާފައިވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: