ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ރިޒާވް ބެންކް އަދި އެމްއެމްއޭ ދެމެދު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އަދި އިންޑިއާގެ ރިޒާވް ބެންކު(އާރްބީއައި) ދެމެދު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

އިންޑިއާގެ ރިޒާވް ބެންކުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، އެމްއެމްއޭ އާއި ދެމެދު އެއްބަސްވުމެއް ގާއިމު ކުރެވިފައިވަނީ ސާކް ޖަމިއްޔާގެ ކަރަންސީ ސްވަޕް ފްރޭމް ވޯކްގެ ދަށުންކަމަށެވެ. އަދި މި އެއްބަސްވުން ގާއިމު ކުރުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައިވާ މިންވަރުން ކުރަންޖެހޭ މުވާމަލާތްތަަކަށް ނުފުދިއްޖެ ހާލަތެއްގައި ފައިސާ ލިބެން ހުންނާނެ އިތުރު މަގެއް ގާއިމު ކުރުންކަމަށް އެ ބެންކްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ ރިޒާވް ބެންކް އިން ބުނެފައިވާގޮތުން މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް އެ ބެންކުން 200 މިލިއަން ޑޮލަރާއި ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ފައިވެފައިވެއެވެ.

އާރްބީއައި އަދި އެމްއެމްއޭ ދެމެދު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާއިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ 29  ވަނަ ދުވަހުގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގެ އަތުން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. 100 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވަނީ ޓީބިލެއް ވިއްކައިގެންކަމަށާއި ލޯނު ދީފައިވަނީ ދިވެހި ސަރުކާރަށް އެއްވެސް ޝަރުތަކާއި ނުލާކަމަށް އިންޑިއާއިން ބުނެފައިވާއިރު، ސަރުކާރުންވަނީ ވިއްކާފައިވާ ޓީބިލާއި ގުޅޭ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: