ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ކޯލިޝަނުން ނިކުތުމަކީ ރަނގަޅު ގޮތެއް ނޫން: އެމްއާރުއެމް

ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ކޯލިޝަނުން ނިކުތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މޯލްޑިވްސް ރިޕޯމް މޫވްމަންޓް ޕާޓީ (އެމްއާރްއެމް) އިން ބުނެފިއެވެ.

ނޫސްބަޔާނެއް އާންމުކޮށް އެމްއާރުއެމްއިން ވަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އެބައޮތްކަމަށް ތުހުމަތުކޮށްފައެވެ. އަދި ސަރުކާރުން ހޯދަންޖެހޭ ކޮންމެ ޚިދުމަތެއް ހޯދުމަށް ހަދިޔާ ދޭންޖެހޭ’ ސަގާފަތެއް ވަނީ އުފައްދާފައިކަމަށާއި، އަމިއްލަ ހަރުމުދާހެން ރާއްޖޭގެ ރަށްރަށުގެ ‘ވަގު ޑީލްތަކުން’ ބަޔަކު ދިޔައީ މިލިއަން ޑޮލަރުން ނަފާ ހޯދަމުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ ކަންކަމާއި ދެކޮޅަށް، ކޮރަޕްޝަން ހުއްޓުވުމަށް ކޯލިޝަން ޕާޓީއެއްގެ ހައިސިއްޔަތުން އެމްއާރުއެމްއިން ކުރި މަސައްކަތްތަކާއި ގުޅިގެން “ސަންގުން” ޕާޓީގެ ނައިބު ރައީސާ އައިމިނަތު ނާދިރާއާ ސުވާލު ކުރުމުން ވިދާޅުވީ ސަރުކާރާއި ރައީސް އޮފީހާއި މަޝްވަރާކުރަމުން ގެންދަވާކަމަށެވެ.

ނޫސްބަޔާނުގައި މި ސަރުކާރަކީ ކޮރަޕްޓް ސަރުކާރެކޭ ދޭހަވާފަދަ ގޮތަކަށް ވާތީ މި ސަރުކާރާއިއެކު އަދިވެސް ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެމި އޮތީ ކީއްވެގެންތޯ ސުވާލުކުރުމުން ނާދިރާ ވިދާޅުވީ އެމްއާރުއެމްއިން ގަބޫލުކުރާ ގޮތުގައި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ކޯލިޝަނުން ނިކުތުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި މިއާއި ހިލާފަށް އެމްއާރުއެމް އިން ބޭނުންވަނީ އެކަމުގެ ތެރޭގައި ތިބެގެން ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަންކަމަށް ނާދިރާ ވިދާޅުވިއެވެ.

ނަމަވެސް ގިނަ ކަންތައްތަކެއްގައި ސަރުކާރާއި އެމްއާރުއެމްއާއި އަންނަނީ ހިޔާލު ތަފާތުވުން އުފެދެމުންކަން ފާހަގަކުރެވެއެވެ. އެގޮތުން މިފަހުން ފެންމަތިވީ ޗާގޮސްގެ މައްސަލައިގައިވެސް އެމްއާރުއެމްއިން ވަނީ ސަރުކާރުގެ ނިންމުންތަކާއިމެދު ނުރުހުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: