ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 77 އިންސައްތަ ނިމިއްޖެއެވެ.
މި މަޝްރޫއުގައި ހިމެނޭ ބޭރުތޮށި ލުވުގެ މަސައްކަތް ނިމި ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 490 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 22.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

