ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ކަސްޓަމްސް އަށް ވަނީ 359 މިލިއަން ރުފިޔާ ލިބިފައި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ކަސްޓަމްސް އަށް އާމްދަނީގެ ގޮތުގައި 359 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ ވަނީ 11 އިންސައްތަ އިތުރު ވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ކަސްޓަމްސް އަށް ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ރާއްޖެއަށް މިދިޔަ ނޮވެމްބަރު މަހު  4.6 ބިލިއަން ރުފިޔާގެ މުދަ އިމްޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެ ކުރި މުދާ ވަނީ 15 އިންސައްތަ އިތުރުވެފައި ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އެތެރެކޮށްފައިވަނީ 4 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކުރީ އޮމާނުންނެވެ. އޮމާން އިން 761 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އަދި އެއީ ނޮވެމްބަރު މަހުގެ ޖުމްލަ އިމްޕޯޓްގެ 17 އިންސައްތަ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ދެވަނަ އަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ އިންޑިއާ އިން ނެވެ. އިންޑިއާ އިން 760 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ރާއްޖެ އިމްޕޯޓް ކޮށްފައިވެއެވެ. އަދި ތިމްވަނަ އަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ ޔޫއޭއީ އިން ނެވެ. އެއީ 594 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ވަނީ 168 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ފަސް އިންތައްތަ ދަށްވުމެއް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން 116 އުޅަނދެއް އައިސްފައިވެއެވެ. އަދި ރާއްޖެއިން ބޭރަށް 99 އުޅަނދެއް މިދިޔަ މަހުގެ ތެރޭގައި ފުރާފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: