”ފެލާލައިފި“ މި ނަމުގައި ގެ ނަމުގައި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ކޯލިޝަނުންވަނީ ހަރަކާތްތައް ވަރުގަދަ ކުރުމަށް ނިންމާފައިކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ކާނިވާ ސަރަހައްދުގައި ”ފެލާލައިފި“ ގެ ނަމުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މި ޖަލްސާއަށް ދީފައިވާ ނަން ހާއްސަވާނީ މި ސަރުކާރުން ވެރިކަން ކުރަމުންދަނީ ރައްޔިތުން ”ފެލާލައިގެން“ ކަމަށް ވުމުންކަމަށެވެ. އެނާ ވިދާޅުވީ ޑޮލަރުގެ އަގުތައްވަނީ މަތިވެފައިކަމަށެވެ އަދި ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައިކަމަށާއި އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ނަގާ އަދަދުތައް އިތުރު ކުރުމަށް ބިލެއް ފާސްކޮއްފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.
ހީނާ ވިދާޅުވީ ދައުލަތުގެ މާލިއްޔާތުގައިވެސް ފައިސާއެއް ނެތްކަމަށެވެ. އަދި ގައުމު ހިންގަމުންދަނީ އިންޑިއާގެ ސަފީރު އަންގާ ގޮތަށް ކަމަށާއި ރާއްޖޭގެ ވެރިއަކަށް ހުންނެވީ އިންޑިއާގެ ”ޕަޕެޓެއް“ ކަމަށް އެނާ ވިދާޅުވިއެވެ.
ވެރިކަމުގައި ހުންނެވީ ފަތުރުވެރިއެއްކަމަށް ބުނި ނަމަވެސް ދޮގަކަށް ނުވާނެކަމަށް ފާހަގަކުރައްވާ ހީނާ ވިދާޅުވީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތީއްސުރެ ކުރަމުންދާ މަސައްކަތަކީ ދުނިޔެ ވަށައި ބުރުޖެހުންކަމަށެވެ. އަދި ދިވެހި ރައްޔިތުން މި ވެރިކަމާއި ދެކޮޅަށް ނުކުންނަން ޖެހިފައިވާކަމަށްވެސް އެނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ، ޕީޕީއެމްގެ މެމެބްރުންގެ އިތުރުން މި ސަރުކާރަށް ތާއީދު ނުކުރާ ބޭފުޅުންވެސް 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި މި ޖަލްސާގެ އިތުރުން ޖަގަހަ ޖަލްސާތައްވެސް ކުރިއަށް ގެންދާނެކަމަށާއި މީޑިއާތަކާއި ގުޅިގެން ބައެއް ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެކަމަށް ހީނާ ވަނީ އިޝާރާތްކުރައްވާފައެވެ.


One Response
ވެރިކަމައް ކުފޫ ހަމަވާ ބަޔަކު ވެރިކަން ހޯދަންއުޅޭތަނެއް ރައްޔިތުންނަކަށް މިއަދު ނުފެނޭ. އޭރު(މައުމޫނުއިރު)މަތީފަންތީގެ ގިނަބަޔަކު ބޮތި ޚިޔާނާތާ ވައްކަން ކޮށް ރައްޔިތުނަށް ހަރާމްކޯރުވާތީ އެކަމާނުރުހި ވެރިކަން ބަދަލުކުރަން ޖެހިއްޖެ ކަމަށްބުނެ ނުކުތް ބަޔަކު އެމީހުންގެ ގިނަކަންކަން ޝަރީއަތަށް ސާބިތުވުމުން މައުމޫނައް ރައްޔިތުން ނޫނެކޭބުނަން ޖެހުނީ.
ވީމާ މިވެރިކަމުގައި ހުރި ގޯސް ކަންކަން ސާބިތުކޮއްދޭން ނުދަންނަ ބަޔަކަށް ނޭނގޭނެ ތިމާޔަށް މިކުރެވެނީ ކޮންކަހަލަ ކަމެއްކަން.