ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނުގެ ދައުވާ ކުރުމަށް ފޮނުވި ޖެންޑާގެ ކުރީގެ ތިން ވެރިން ތެރޭ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) މެންބަރުން މަޖިލީހުގެ ކޮމިޓީއެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލުތަކާއި ހިލާފަށް ގދ. ތިނަދޫ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި ޖެންޑާރ މިނިސްޓްރީގެ ކުރީގެ އިސް ތިން ވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން  އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވައިފިއެވެ.

މި މައްސަލައަކީ، ދައުލަތުގެ މުވައްޒަފަކަށްވެހުރެ ޖެންޑާރ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިޢުލާނާއި ގުޅިގެން ބިޑް ހުށައެޅި ކުންފުނިތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރިކަމުގެ ޝަކުވާ ލިބި އޭސީސީން ތަހުގީގު ކުރި މައްސަލައެކެވެ.

އޭސީސީން މައުލޫމާތު ދިން ގޮތުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަސް އަމަލު ކުރި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ޖެންޑާރ މިނިސްޓްރީގެ އޭރުގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި ސްޓޭޓް މިނިސްޓަރ، އައްޑޫ ހިތަދޫ ހަނދުވަރީގެ، ޢާއިޝަތު ރަޝީދާއި އެ މިނިސްޓްރީގެ އޭރުގެ ޑިރެކްޓަރަކަށް ހުންނެވި ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުގެ އިތުރުން ޑިރެކްޓަރުގެ މަގާމު އަދާކުރި ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.

ދައުވާކޮށްދޭން އެދި ފޮނުވި އައިޝަތު ރަޝީދަކީ، މި ސަރުކާރުން ދާދި ފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ. އައިޝަތު ރަޝީދަކީ ޖެންޑާރ މިނިސްޓްރީގެ ދަށުން އެންޑީއޭ ހިންގި އިރު އެތަނުގެ ކަންކަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދެވި ބޭފުޅެކެވެ.

ތަހުގީގަށް ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި، އޭސީސީން ބުނީ ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ބައެއް ހޯދުމަށް އެންޑީއޭއިން ކުރި އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑުތައް ބަލައި މަސައްކަތް ހަވާލު ކުރީ އިވެލުއޭޝަނުގައި ދެވަނައަށް ދިޔަ ކުންފުންޏާއި ކަމަށެވެ. އެގޮތުން ބަޔާނުގައި ވެސް ވަކި ކްރައިޓީރިއާތަކާއި އުސޫލުތަކަށް ކުންފުނި ފެތެން ޖެހޭކަމަށް ބުނާއިރު އެއާއި އެއްގޮތަށް ޕޮއިންޓު ދިނުމުން އެންމެ މަތީން ޕޮއިންޓު ލިބޭ ކުންފުންޏަށް މަސައްކަތް ދީފައި ނުވާކަން އޭސީސީގެ ރިޕޯޓުގައި ވެއެވެ.

މިގޮތަށް ބިޑު ކޮމިޓީން އަމަލު ކުރީ، އެ ނިންމުގެ ސަބަބުން މަސައްކަތް ހައްގު ނޫން ބަޔަކަށް ނާޖާއިޒް ފައިދާ ނަގައިދެވޭކަން އެނގިތިބެކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އަދި އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏާއި، އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައި ވަނީ އިވެލުއޭޝަނުން އެންމެ މަތީން ޕޮއިންޓު ހޯދި ކުންފުންޏަށް ވުރެ ދިޔަ ފަރާތަށްވުރެ 657,846.60 ރުފިޔާ އަގުބޮޑުކޮށްކަން ތަހުގީގަށް ފާހަގަކުރެވޭކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އޭސީސީން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިމައްސަލާގައި ހިމެނޭ 3 މީހުންގެ މައްޗަށް ކުރަނީ ގާނޫނު ނަންބަރު ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: