ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައަކީ އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކު ރައްޔިތުންގެ ޓެކްސް ފައިސާ “ދިރުވާލާތީ”: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ދިވެހި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއުވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާފައެވެ. އަދި ދާދި ފަހުން ޓެކްސް ބޮޑު ކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ރައްޔިތުން އަތުން ނަގާ ޖީއެސްޓީ ބޮޑު ކުރުމަށްފަހު، ސަރުކާރުންވަނީ ސިޔާސީ މަގާމުތަކެއް އުފައްދާފައިކަމަށެވެ.

ޝުޖާއު ވިދާޅުވީ، ޓެކްސް ބޮޑު ކުރުމަށް ފަހު، ސަރުކާރުން ގެންދަނީ ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތެއްގައި ބޭނުން ކުރަމުންކަމަށެވެ. އަދި އެނާ ވަނީ “ވައްކަން” ކުރަމުންދާކަމުގެ ތުހުމަތުތައް ސަރުކާރަށް ކޮށްފައެވެ.

އެނާ ވިދާޅުވީ، އިދިކޮޅުގެ ކަންބޮޑުވުމަކީ، ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ދަތިތައް ކަމަށެވެ. އަދި ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ “ނަހަލާލު” ގޮތުގައި ބޭނުންކޮއް ސަރުކާރުގެ އިސްވެރިންގެ އާއިލީ ބޭފުޅުންނަށް ބަހައި އެ ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބަހައި ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ދެމުން ދިއުމަކީ އިދިކޮޅުގެ ކަންބޮޑުވުމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ސަރުކާރުން ރައީސް ޔާމީނަށް ދަތިތަކެއް ކުރިމަތި ކުރަމުންދަނީ އެނާ ދެންނެވި ފަދަ ވާހަކަތައް ފެންމަތި ކުރަމުންދާތީކަމަށެވެ.

އެނާވަނީ  މަރު ކޮމިޝަނަށްވެސް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން މަރު ކޮމިޝަންގެ މެމްބަރެއް ކަމަށްވާ މިސްބާހު އައްބާސގެ ބުރަދަންވަނީ ބަދަލުތަކެއް އައިސްފައިކަމަށް ފާހަގަކޮއް ޝުޖާއުވަނީ އެނާއަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ، މައްސަލައަކީ ރައްޔިތުންގެ ޓެކްސް ފައިސާ އެއްވެސް މަސައްކަތެއް ކުރުމެއް ނެތި “ދިރުވާލާތީ” ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އިދިކޮޅުން އެ ވާހަކަތައް ދައްކާނެކަމަށެވެ. އަދި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިގެންދާ ހުރިހާ ކަމެއްގައި އިދިކޮޅުން އަޑު އުފުލާނެކަމަށްވެސް އެނާ ބުނެފައިވެއެވެ.

މީގެ އިތުރުން ޝުޖާއުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާކަމަށްވެސް މަސަކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެނާ ވިދާޅުވީ އިންޑިއާއިންދަނީ ވަކިން ހާއްސަ ގޮތެއްގައި ނޫފޫޒު ފޯރުވުމުންކަމަށެވެ. އަދި އިލެކްޝަންގެ މެމެބްރުންވެސް އެ ވާހަކަތައް އިދިކޮޅާއި ހިއްސާ ކުރާކަމަށާއި އެ މުއައްސަސާއަށް ބޮޑެތި ފިއްތުންތައް ހުރިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، އެކި އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިލެކްޝަންސްއަށް ދައުވަތު ދެމުންދާކަމަށެވެ. އެފަދަ މައުލޫމާތުތައް ލިބެމުންދާތީ އެ މައްސަލަ ގާތުން ބައްލަވާކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: