ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ހަރުގެ ޖަލްސާތައް އަލުން ފަށަން ތައްޔާރުވަނީ

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް ފަށަން ތައްޔާރުވަމުން ދާކަން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ހާމަ ކުރައްވައިފިއެވެ.

ރީކޯ މޫސަ ވިދާޅުވީ ހަރުގެ ޖަލްސާ ތައް ފެށުމަށް އެމްޑީޕީ އިން ތައްޔާރުވަމުންދާ ކަމަށާއި އެކަމާ ބަޔަކު ތެޅިފޮޅިގަންނާނެ ކަން އެނގޭ ކަމަށާއި އެހެންވި ނަމަވެސް އެކަން ހިނގާނެ ކަމަށެވެ.

 

މޫސަ އިތުރަށް ވިދާޅުވީ ޕާޓީ ހަރުގެއިން ލިބޭ ކާމިޔާބީ ހަނދާން ނައްތާލުމުން އެއްބައިވަންތަކަން ގެއްލި ޕާޓީ ބަލިކަށިވާނެ ކަމަށާއި މުސްކުޅިންވެސް ސަލާންޖަހާ ނާށިގަނޑު އެއްލާ ނުލުމަށް ބުނާ ކަމަށެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާތައް އަލުން ފެށުމަށް ތައްޔާރުވަމުން ދާއިރު އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީ ތެރޭގައި އުފެދި ދެބޭފުޅުންގެ ދެމެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކުރަންޖެހޭ މަަސައްކަތްވަނީ ކުރަން ފަށާފައެވެ. އެގޮތުން ކެމްޕޭން މެނޭޖަރެއް ކަނޑައަޅައި ކެމްޕޭން އޮފީހެއް ރައީސް ސާލިހުގެ ޓީމުން ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްުވުމަށް ކެމްޕޭން ފެށުމަށް ދާދިފަހުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ކެމްޕޭން ލޯންޗްކުރުމަށް ގދ ތިނަދުއަށް ވަޑައިގެންފައެވެ. ތިނަދޫ ގައި ރައީސް ނަޝީދު ޖަލްސާއެއް ބާއްވަވައި ވެރިކަމުގެ ނިޒާމީ ވޯޓެއް ނެގުމަކީ ސަރުކާރުން ވީ ވައުދެއް ކަމަށް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ތިނަދޫ ޖަލްސާ ނިންމަވާލެއްވުމަށް ފަހަު އެމަނިކުފާނުގެ ޖަލްސާ އަށް ސަރުކާރުން ހުރަސް އެޅި ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: