ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ސުޕަރނެޓު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ މާޅޮހަށް!

އުރީދޫ ފިކްސްޑް ބްރޯޑް ބޭންޑް ހިދުމަތް: ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫއިން ބ މާޅޮހުގައި އެ ކުންފުނީގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮއްފިއެވެ.

އުރީދޫއިން ބުނެފައިވާގޮތުން 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު ތައާރަފްކޮއްފައިވާ މި ހިދުމަތުގެ ދަށުން މާޅޮހުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތުތައްވަނީ ފަހިވެފައެވެ. އެގޮތުން ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރެއް ދިނުމުގެ އިތުރުން 500ރ ގެ މަތީ ޕެކޭޖްތަށް ނަންގަވާ ކަސްޓަމަރުންނަށް %100 ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެކަމަށް ބުނެފައިވެއެވެ.

އުރީދޫއިން ބުނެފައިވާގޮތުން މި ޕްރޮމޯޝަނަކީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަލަށް ސުޕަރނެޓު ނަންގަވާ ކަސްޓަމަރުންނަށް އަމާޒުކޮއް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ގެނެސްދިނުމުގެ މަގުސަދުގައި ޕެކެޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.

އެގޮތުން މި ބަދަލުތަކުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއި އެކު 100 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ އަދި ހަލުވި ތްރޮޓަލް ސްޕީޑުވެސް ލިބޭނެކަމަށް އުރީދޫއިން ފާހަގަކުރެއެވެ. އަދި މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކެޖުގެ ތެރޭގައި ހިމެނިގެންދާ ގޮތަށް ޑޭޓާ ރޯލް އޯވަރގެ ހިދުމަތް ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: