ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ރައީސް: ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމެރީގައި ބައިވެރިވާނެ!

ގދ ތިނަދޫގައި ބެއްވި ޖަގަހަ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ. ފޮޓޯ /ގާފު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްފައިވިއެވެ.

އެމްޑީޕީއިން އެ ޕާޓީގެ ޕްރައިމަރީ ބާއްވާނީ ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައި ކަމަށް އިއުލާނު ކޮއްފައިވާ ދަނޑިވަޅެއްގައި އެމަނިކުފާނުގެ އަމިއްލަ ޓްވިޓަރ އެކައުންޓު މެދުވެރިކޮށް ރައީސް ނަޝީދުވަނީ އެ މަނިކުފާނު ވާދަކުރައްވާނެކަން ހާމަކުރައްވައި ޕާޓީގެ އެންމެހާ މެމްބަރުން ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިއެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން ރިޔާސީ ޕްރައިމަރީއަށް އެދި ހުށައަޅަންވާނީ ޕާޓީގެ 500 މެމްބަރުންގެ ތާއީދު އޮތް ކަމުގެ ހެއްކާއި އެކުއެވެ. އަދި މި މަހުގެ 24 ވަނަ ދުވަހުގެ 16:00 ގައި އެ ފުރުސަތު ބަންދުވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދު އެމަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން  އިއުލާނުކުރެއްވިއިރު، ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ތެރޭގައިވަނީ ފެކްޝަންތައް އުފެދި ބޮޑެތި ކޯޅުންތައް އުފެދިފައެވެ. މިހާރު ސަރުކާރުގައި ތިއްބަވާ ޕާޓީގެ ގިނަ މެމްބަރުންވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ތާއީދު ކުރައްވާނެކަން ހާމަކޮއްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: