ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަށުނަމާދު ޕޭޖު ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި ކަމަށް ބުނެފި

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަށުނަމާދު ޕޭޖް ހިންގުން ހުއްޓާލުމަށް ޕޭޖްގެ ވެރިފަރާތަށް މާލެ ސިޓީ ކައުންސިލުން އަންގައިފައިވާ ކަމަށް ޕޭޖްގެ ވަރިފަރާތުން ބުނެފިއެވެ.

ކަށުނަމާދާއި ބެހޭ މައުލޫމާތު މީސްމީޑިއާގައި ގެނެސްދޭ ޕޭޖެއް ކަމަށްވާ ކަށުނަމާދު އެމްވީ ހުއްޓާލުމަށް ސިޓީ ކައުންސިލުން އަންގާފައިވަނީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އެކަން ނުކުރެވޭނެ ކަމަށް ބުނެއެވެ.

ކަށުނަމާދު ޕޭޖްގެ ވެރިފަރާތް ކަމަށް ވާ އަހުމަދު މުނައްވަރަށް މާލެ ސިޓީ ކައުންސިލުން ކަށުނަމާދު ޕޭޖު ހުއްޓާލުމަށް އަންގާފައިނުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ކަށުނަމާދު ޕޭޖު ހިންގުން މަނާކޮށް އެކަން ހުއްޓާލުމަށް އެންގި ވާހަކައަކީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި ކައުންސިލްގެ އެއްވެސް އޮފިޝަލަކު ކަށުނަމާދު ޕޭޖު ހިންގާ ފަރާތަށް ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެެވެ.

ކަށުނަމާދު އެމްވީ އަަކީ ނިޔާވާ މީހުންގެ ކަށުނަމާދާއި ބެހޭ މައުލޫމާތު ގެނެސްދެމުން އަންނަ ޕޭޖެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: