ގުރައެއް ވަގަށް ނެގި މީހަކު ހޯދުމަށް ފުލުހުން ސޯޝަލް މީޑިއާގައި ވީޑިއޯ އާއްމު ކޮށްފިއެވެ.
އެކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ ވީޑިއޯ އިން ފެންނަ މީހަކީ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު މާފަންނު ބިސްބުރު ކައިރިން ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލަ އަކާއި ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. އަދި އެމީހަކީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދާ ހޯދިފައިނުވާ މީހެއްކަމަށެވެ.
ފުލުހުން ބުނިގޮތުގައި ގުރާ ވަގަށްނެގި މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަމްވަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
ފުލުހުން ގުރައެއް ވަގަށް ނެގި މީހަކު ހޯދުމަށް ވީޑިއޯ އެއް އާއްމުކޮށްފައިވާއިރު މުޖުތަމައުގައި ދިމާވާ ބޮޑެތި އިޖްތިމާއީ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ ވައްކަމާއި ފޭރުމާއި މާރާމާރީ އާއި މީހުން މެރުން ފަދަ ކަންކަމުގައި ފުލުހުން އާއްމުކޮށް ވީޑިއޯ ހިއްސާ ނުކުރާތަނުގައި ގެއްލިގެން މީހަކު ހޯދުމަށް އިއުލާން ކުރަނީ މަދު ފަހަރަކު ކަން ފާހަގަކޮށްލެވެއެވެ.

