ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން “ފެލާލައިގެން” އަޅާ ބުރިޖަކީ “މާ ވައްކަމެއް”: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ:ފޮޓޯ/ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުން “ފެލާލައިގެން” ބުރިޖެއް އެޅުމުގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގަމުންދަނީ “މާ ވައްކަމެއް” ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ “ފެލާލައިފި” ޖަލްސާގައި ވާހަކަދައްކަވަމުން، ޝުޖާއު ވަނީ ރައީސް ސާލިހު ވައުދުތައް ފުއްދުމުގައި އިހުމާލުތަކެއް ވެފައިވާކަމަށް އިޝާރާތްކުރައްވާފައެވެ. އެނާ ވިދާޅުވީ ތިލަމާލެ ބުރިޖު އަޅަމުންދަނީ ޗައިނާ މޯލްޑިވްސް ފްރެންޑުޝިޕު ބުރިޖު އެޅޭ އަގުގެ ތިން ގުނައަށް ކަމަށެވެ. އަދި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގޮސްފައިވާކަމަށް ފާޙަގަކުރައްވާ އެނާ ވިދާޅުވީ، ރައީސް ސާލިހު ރައްޔިތުންނަށް ހާސް ނުވުމަށް އިލްތިމާޒް ކުރައްވަމުންދާކަމަށެވެ.

ޝުޖާއުވަނީ މި ބައްދަލުވުމުުގައި ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށްވެސް ފާޑުވިދާޅުވެފައެވެ. އެނާ ވިދާޅުވީ، ފަނޑިޔާރުންނަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީގެން ގެންގުޅޭ ބައެއް ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންގެ ތެރެއިން ފެނިގެންދާ ނޭދެވޭ ކަންކަމުގެ ވާހަކަތައް ދެކެވެންޖެހޭކަމަށާއި، ފަނޑިޔާރުން އިންޑިއާ އެމްބެސަޑަރާއި ބައްދަލު ކުރުމަކީ ކޮށްގެން  ވާނެ ކަމެއް ނޫން ކަމަށް އެނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ދިވެހިރާއްޖޭގެ ހަތަރުވަނަ ބާރަކީ މީޑިއާ ކަމަށެވެ. އަދި މީޑިއާ ހިންގާ މީހުން އިންޑިއާ އެމްބެސަޑަރުގެ ގެއަށް ކެއުންތަކަށް ދާން ޖެހޭތޯ ސުވާލު ކުރައްވާ އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ވަނީ ރައްޔިތުން ރަނގަޅަށްވެސް “ފެލާލާފައި” ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: