ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ނިޒާމުވެސް ހަލާކުކޮށްފި، ޕީއެޗްޑީ ނަގަން ބޭނުމިއްޔާ ޖެހެނީ ޝާހިދުއާއި އިންނަން: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ތައުލީމީ ނިޒާމު ހަލާކުކޮށްލައިފިކަމަށާއި، ޕީއެޗްޑީ ނަގަން ބޭނުންވާ މީހުން ޖެހެނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ކައިވެނިކުރަންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

“ފެލާލައިފި” ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމްވަނީ ފޮރިން މިނިސްޓަރު ޝާހިދަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެނާ ވިދާޅުވީ، ޕީއެޗްޑީ ނަގަން ބޭނުންވާ އަންހެނުންނާއި ފިރިހެނުންވެސް ޖެހެނީ މިނިސްޓަރު ޝާހިދު އާއި އިންނަންކަމަށެވެ. އަދި މި ސަރުކާރު އޮތް ހާ ހިނދަކު މިނިސްޓަރު ޝާހިދުއާއި އިނުމުން ޕީއެޗްޑީ ލިބޭކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދަނީ މި ސަރުކާރުން ހުރިހާ އެއްޗެއް “ފެލާލައިގެން” އުޅޭތީކަމަށެވެ. އެނާގެ ފާޑުކިޔުންތައް ރައީސް ސާލިހަށް އަމާޒުކުރައްވާ ޝިޔާމް ވިދާޅުވީ އެމަނިކުފާނުވަނީ ކަންކަން އިސްލާހު ކުރައްވާނެކަމަށް އަޑު ހަރުކޮށް ވިދާޅުވެފައިކަމަށެވެ.

އެހެންނަމަވެސް އިސްލާހުވި އެއްވެސް ކަމެއް ނެތްކަން ރައްޔިތުންނަށް ސާފުކަމަށާއި، ރައީސް ސާލިހު އެންމެހާ ކަންކަމަށް ނުފޫޒު ފޯރުވާކަންވެސް ރައްޔިތުންނަށް ސާފުވާކަމަށް އެނާ ފާހަގަކުރެއްވިއެވެ. އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ ނަމުގައި ވެރިކަން ހޯދި ބަޔަކު ފަނޑިޔާރުގެތަކަށް އަތްބާނާ މަންޒަރު ފެންނަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: