ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބޭތީ މި ތިބީ އިސްތިއުނާފުގެ މަސައްކަތް ނުފެށިފައި: ޑރ ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދ/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވ އާރަށުގެ މައްސަލައިގައި ކުރި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބޭކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް  ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށާއި 6 މަސް ދުވަހުގެ ތެރޭގައި 5 މިލިއަން ޑޮލަރު ދެއްކުމަށް ހުކުމް ކުރުމާއި އެކު، އިދިކޮޅުން ވަނީ އެ ހުކުން ބަލައި ނުގަންނަކަމަށް ފާހަގަކޮށް މުޒާހަރާކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ތާވަލު ކުރީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ނަމަވެސް ޝަރީއަތް ފެށިފައިވަނީ 11:45 ހިސާބުގައިކަމަށްވާއިރު، ލަސްމި ސަބަބުގެ ތަފްސީލުތައް ކޯޓުން ދީފައިނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަރުހަލާގެ ތެރޭގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، ހުކުމް އިއްވާ ދުވަހު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޮންމެ ހަސްމަަކަށް ލިބެން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑިރެކްޝަންއިން ބުނާކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އެ ރިޕޯޓު ދިނުން ލަސްކޮށްފައިވާ ސަބަބާއިމެދު ޖަމީލު ސުވާލު އުފެއްދެވިއެވެ.

ޖަމީލު ވިދާޅުވީ، އެ ރިޕޯޓު ލިބިފައިނުވާތީ ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތްތައްވެސް ފެށެން ނެތްކަމަށެވެ. އަދި ކޯޓު ޒިންމާދާރު ކުރުވާނެ ފަރާތެއް ހުރިތޯވެސް އެނާވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ޖަމީލުވަނީ ރިޕޯޓު ތައްޔާރުނުކޮށް ހުކުމް އިއްވިކަމާއިމެދުވެސް ސުވާލު އުފައްދަވާފައެވެ. އަދި މިއީ އިންސާފެއްތޯވެސް ސުވާލު އުފެއްދެވިއެވެ.

ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރެވުނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ތުހުމަތެވެ. މި މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލުކަމަށްވާއިރު، ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން އާންމުވެގެންދިޔަ ލިޔެކިޔުމެއްގެ ސަބަބުން، އިދިކޮޅުންވަނީ މި މައްސަލައިގައި ވަކި ގޮތަކަށް ހުކުމް ކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: