ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފި އެވެ.
މިއަދުގެ ހަވީރު 16:30 ގައި ރައީސް މީޑިއާތަކާއި ބައްދަލު ކުރައްވާއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމުގެ ޕްރައިމެރީގައި އެމަނިކުފަނު ވާދަ ކުރައްވާނެ އެވެ. ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމުގެ ކެމްޕެއިންތައް ފައްޓަވައި، ކުރިޔަށް އޮތް ތަނުގެ ތެރޭގައި ސަރުކާރުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިޔަށް ގެންދަވާނެކަމަށް ބެލެވެ އެވެ.
ކޮންމެ މަހަކު އެއް ފަހަރު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެކަމަށް ވެރިކަމަށް އައުމުގެ ކުރިން ވިދާޅުވި ނަމަވެސް ރައީސް މީޑިއާތަކާއި ބައްދަލު ކުރައްވަނީ ހަ މަސް ފަހުންނެވެ. އެންމެ ފަހުން އެމަނިކުފާނު ޕްރެސް ކޮންފަރެންސެއް ބޭއްވީ މިދިޔަ ޖޫން މަހުގެ 08 ވަނަ ދުވަހު އެވެ.
މިވަގުތަކީ މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ވަގުތެކެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ބޮޑުވުމާއި، އެކު މި ހަފްތާފައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ އިއްވި 11 އަހަރުގެ ޖަލު ހުކުމަކީ ސިޔާސީ ނުފޫޒެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެހެންކަމުން، ޕްރެސްގައި މި ސުވާލުތައް ނޫސްވެރިން އަމާޒު ކުރާނެތީ ރައީސް އެކަމަށް ތައްޔާރުވެވަޑައިގަންނަވާނެކަމަށް ބެލެވެ އެވެ.
މީގެއިތުރުން ރައީސް ސޯލިހާއި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ސުވާލު ކުރާނެކަމަށް ވެސް ބެލެވެ އެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމުގެ ކެމްޕެއިންތައް ކުރައްވާއިރު ވައުދުތައް ފުއްދިފައިވާ މިންވަރަށް އެމަނިކުފާނު އަލިއަޅުއްވާލައްވާނެ އެވެ.
އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް މިވަގުތު ވަނީ ގޯސްވެފަ އެވެ. ޕާޓީގެ އެތެރޭގައި ދެބައިވުން އުފެދި ގައުމީ މަޖިލިސް ބައްދަލުވުންތަކުގައި ހޫނު ބަސްހުތަކެއް އެންމެ ފަހުން ބޭއްވި ޖަލްސާގައި ވެސް ދިޔަ އެވެ.

