ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ކުނި ނެގުމުގެ މަސައްކަތް ކުރާނީ 16 ޒޯނަކަށް ބަހާލައިގެން: މުއިއްޒު

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ކުނި ކެހުމާއި ކުނި ނެގުމުގެ މަސައްކަތް ކުރާނީ 16 ޒޯނަކަށް ބަހާލައިގެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުނި ނެގުމާއި ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުވެއްގައި މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ކުނި ނެގުމުގެ މަސައްކަތް ކުރާނީ 4 ޒޯނަކަށް ބަހާލައިގެން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސިޓީ އާއި ވިލިމާލޭގެ ކުނި ނެގުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށް މޭޔަރު މިދާޅުވިއެވެ.

ކޮންމެ ޒޯނަކަށް މަސައްކަތް ކުރަން ޓީމެއް ނަގާނެ ކަމަށާއި ކޮންމެ ޒޯނެއްގައި ސްޕަވައިޒަރެއް ވެސް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަތަރު ޒޯނުން ހަތަރު ޒޯނުން ގްރޫޕްކޮށް އެ ގްރޫޕްތައް ބަލަހައްޓަން ސީނިއާ ލެވެލްގެ ސުޕަވައިޒަރަކާއި އޮޕަރޭޝަން މެނޭޖަރެއް ކަނޑައެޅުމަށް ހަމަޖައްސައި މުޅި އޮޕަރޭޝަން ހެޑްކުރަން އިންޗާޖެއް ކަނޑައަޅާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ކުނި ކެހުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ޝިޕްޓަކަށް ބަހާލައިގެން ކަމަށް މުއިއްޒު ވިދާޅުވިއެެވެ. އެގޮތުން ފުރަތަމަ ޝިފްޓްގެ މަސައްކަތް ރޭގަނޑު 10 އިން ފަތިސް ވަންދެން މަސައްކަތް ކުރާއިރު ދެވަނަ ޝިފްޓް ފެށޭނީ ހެނދުނު 6 ޖަހާއިރު ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކުނި ކެހުމުގެ ދެވަނަ ޝިފްޓްގެ މަސައްކަތް ހެނދުނު 6 އިން މެންދުރު 12 ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށާއި އެ ވަގުތުތަކުގައި ބޭހުން ޖެހިއްޖެނަމަ ކުނިކަހާނެ ޓީމަކާއި ހަވާލު ވެފައިވާ ސަރަހައްދު ސާފުކޮށް ނުނިމޭނަމަ މަސައްކަތް ނިމެންދެން ކުރިއަށްގެންދާނެ ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި ކުނިކަހާ ކުނި ނެގުމުގެ މަސައްކަތަށް މާލެއަށް 120 އަދި ވިލިމާލެއަށް 30 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުނީގެ މަސައްކަތަށް މިވަގުތު ގެންގުޅެނީ 10 ޕިކަޕް ކަމަށާއި ނަމަވެސް އަންނަ އަހަރަށް ފާސްކުރި ބަޖެޓްގައި އިތުރު 10 ވެހިކަލް ހޯދަން ހިމަނާފައިވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: