ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވީ ވައުދުތަކުގެ ބޮޑު އިންސައްތައެއް ނިންމާލެވިއްޖެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާގެ 31 މަޝްރޫއެއް ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޓާރޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ މަޝްރޫއު ތައް ސިއްހީ ދާއިރާއިން ކުރިއަށްގެންދެވުނު މަޝްރޫއު ތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ވީ ވައުދުތައް ފުއްދުމުގައި ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިގެންގޮސްފައިވާ ކަމަށެވެ. އަދިއަސާސީ ހިދުމަތްތައް ރާއްޖޭގެ އެންމެނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ސާފު ބޯފެނާއި ނަރުދަމާ އެންމެނަށް ފޯރުކޮށްދިނުމުގެ 141 މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަރަންޓްގެ ޔަގީންކަން އެންމެނަށް ފޯރުކޮށްދެވިފައިވާ ކަމަށާއި 144 ރަށެއްގައި 313 ޖަނަރޭޓަރު ބެހެއްޓުނު ކަމަށެވެ. އޭގެ އިތުރަށް އިންޖީނުގެތަކާއި އިންޖީނުގެ އޮފީސްތައް އިމާރާތްކުރުމުގެ 76 މަޝްރޫއެއް މިހާރުވެސް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.ލަފާފުރުން ހައްލުކުރުމަށް 47 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމައި 37 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ 31 ރަށުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 7 ރަށުގެ ބިން އިތުރުކޮށް 8 ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ބޮޑުތިލަދުންމައްޗާއި ޅ އަތޮޅު ހިމެނޭހެން އެއްލައްކަ އަށް ވުރެ ގިނަ ފަސިންޖަރުން ވަނީ ފެރީގައި ދަތުރުކޮށްފައި ވާކަމަށެވެ.

މާލެ، އައްޑޫ، ލާމު އަތޮޅުގެ އިތުރުން ފުވައްމުލަކުގައި މިނީބަހުގެ ހިދުމަތް ތައާރަފްކުރެވިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ އާއި އަތޮޅުތެރޭގައި ސޯޅަހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިއްޖެ ކަމަށާއި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ކުރިއަށްދާ ކަަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އޭގެތެރޭގައި މާލޭގައި އަޅާ އަށްހާސް ހަތްސަތޭކަ ފްލެޓް ހިމެނޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ވިހިހާސް ހަސަތޭކަ ނުވަދިހަ ހަތް އެޕްލިކޭޝަން ލިބިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެއީ ބާވީސް ހާސް ހަސަތޭކަ ފަސްދޮޅަސް ހަތް މީހުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފުރަތަމަ ސަރުކާރުން ހުޅުވާލީ ހަތަރުހާސް ފްލެޓް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަތޮޅު ތެރޭގައި ހަތަރުހާސް ހަތަރުސަތޭކަ ތިރީސް ހަ ފްލެޓާއި ރޯހައުސް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ލޯން 183 މީހަކަށް 168 މިލިއަން ރުފިޔާ މިހާތަނަށް ދެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ 5000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފަނަރަހާސް އެއްސަތޭކަ ފަސްދޮޅަސް ހަތަރު އެޕްލިކޭޝަން ލިބިފައިވާ ކަަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެއީ ތޭވީސް ހާސް އަށްޑިހަ އެއް މީހެއް ކަމަށް ރަީސް ވިދާޅުވިއެެވެ.

އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ހިލޭ ޑިގްރީގެ ދަށުން ޖުމްލަ ސޯޅަހާހަށް ވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މިހާތަނަށް 6519 ކުދިން ގްރެޖުއޭޓް ވެގެން ގޮސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ވައުދުވި ގޮތަށް މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަށަވަރަކޮށްދެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އޭގެތެރޭގައި ޓުއަރިޒަމް ސެކްޓަރ ގައި މަސައްކަތް ކުރާ 13000 މުވައްޒަފުންނަށް ސަރުކާރުގެ އެކި މަގާމްތަކުގައި ވަޒީފާ އަދާކުރާ 15000 މީހަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5000 އަށް ވުރެ ގިނަ މުވައްޒަފުން ހިމެނޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: