ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓްގެ ގޮތުގައި 22940 މީހުންނަށް 421 މިލިއަން ރުފިޔާގެ އެހީ ދެވުނު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުން އަރައިގަތުމަށް އިންކަމް ސަޕޯޓްގެ ގޮތުގައި 22940 މީހުންނަށް 421 މިލިއަން ރުފިޔާގެ އެހީ ދެވުނު ކަމަށް ރައީސް ސާލިހު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިޔަފާރި އެހީގެ ގޮތުގައި ކޮވިޑްގައި 2818 ފަރާތަކަށް 1.6 ބިލިއަން ރުފިޔާގެ ލުއިލޯން ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިފެހެއްޓިފައި ހުރި ބާރުތައް ދޫކޮށްލެވިއްޖެ ކަމަށާއި އެގޮތުން ލާމަރުކަޒީ ބޮޑު ބަދަލު ގެނެވެން ފަށާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ދިހަ ހާހަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނެވިއްޖެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

2030 ވަނަ އަހަރު ނެޓް ރީޒޯ އަށް އަމާޒު ހިފުމަށް ގިނަ ކަންތައްތަކެއް މިހާރުވެސް ކުރެވެމުން ދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން 20 މެގަވޮޓް ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލް ކުރެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން 1 މެގަވޮޓް ސޯލާ ޕީވީ ސިސްޓަމް ގޭބިސީ ތަކުގައި ހަރުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 589 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމް 2012 ގޭބިސީގައި ގާއިމްކޮށްފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 32 ސަރަހައްދެއްގެ ޗަސްބިމާއި ކުޅިއާއި ފަރުތައް ހިމެނޭހެން ހިމާޔަތް ކުރެވިފައިވާ ކަަމަށް ރައިސް ސާލިހު ވިދާޅުވިއެވެ.

13 ބާވަތެއްގެ ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކުރާނެ ޕްލޭންއެއް އެކުލަވާލައި ތަންފީޒް ކުރަން ފަށާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެ ޕްލޭންގެ ދަށުން 10 ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުމާއި ބޭނުން ކުރުން ރާއްޖޭގައި ވަނީ މަނާކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލަފުއްޓަށް ކުނި ޖަމާކުރުން އެކުނިތައް އެކަށީގެންވާ ގޮތަށް މެނޭޖްކުރަން ފަށައި ތިލަފުށިން ދުންއެރުން ހުއްޓުވުނު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ޒަމާން ތަކެއް ވަންދެން 20 ރަށެއްގައި ޖަމާވެފައި ހުރި 29 ހާސް ޓަނުގެ ކުނި ސާފުކޮށް ނިމިފައިވާ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މަރުތަކާއި ބެހޭ މައްސަލަ ބަލާ ކޮމިޝަނުން މިހާތަނަށް ރައީސް އާ ހަމައަށް ފޯރުކޮށްދީ އެ ރިޕޯޓްތައް ލިބިފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންމެފަހުން ލިބުނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އެކަމާގުޅިގެން ތިން މީހެއްގެ މައްޗަށް ކޯޓުގައި ޝަރީއަތް ކުރިއަށްދާ ކަމަށާއި  އިތުރު ފަރާތްތަކަށް ދައުވާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ދައުލަތުގެ އިދާރާ ތަކާއި ގުޅިގެން އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: