ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލައިގައި 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި 14 މައްސަލައެއް މީގެ ކުރިން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ފަސް ފަރާތަކަށް ޖުމްލަ 43 ދައުވާއެއް އެމްއެމްޕީއާރުސީގެ މައްސަލައިގައި ސާބިތުވެފައިވާ ކަމަށް ރައިސް ވިދާޅުވިއެވެ. ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުެ 53 މައްސަލަ އޭސީސީ އިން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

2020 ވަނަ އަހަރު އައި އިރުގައި ކޮމިޝަނުން ތައްޔާރުކޮށްފައި ހުރި ޑްރާފްޓް ރިޕޯޓެއް އާއްމުވުމާ ގުޅިގެން މަސައްކަތް ތަކަށް ބުރުއެރި ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ޑީޑީ ކޮމްގެ މަސައްކަތް ގާތްގަނޑަކަށް އެއް އަހަރު ދުވަހަށް މެދުކެނޑިގެން ދިޔަ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އޭގެތެރޭގައި ސިއްރު ހެކިވެރިންނާއި މައުލޫމާތު ދިން ފަރާތްތައް ހާމަ ވުމުގެ ސަބަބުން މައުލޫމާތު ހިއްސާކުރުމަށް އެފަރާތްތަކުން ފަސްޖެހުނު ކަމަށާއި ނަމަވެސް މަރުކޮމިޝަނާއި ޑީޑީކޮމް އިން ބުރަ މަސައްކަތްތަކެއް ކޮށް ނަތީޖާނެރެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

2022 ވަނަ އަހަރަކީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑަށް ފަހު ޔޫރަޕްގައި ފެށިގެން ދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދަތި އުނދަގޫތައް ހުރަސް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރަށް ކުރަންޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އާމްދަނީ އިތުރުވި ނަމަވެސް ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިތުރަށް ސަރުކާރަށް ފައިސާ ހޯދަންޖެހުނު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ނަމަވެސް މުސްތަގުބަލު ފެންނަނީ އުޖާލާ ކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަނީ ރަނގަޅުވަމުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގެ އިގްތިސާދު ކޮވިޑް19ގެ ކުރިއަށް އޮތް ހިސާބަށް ވާސިލްވެއްޖެ ކަމަށް ވިދާޅުވެ އަންނަ އަހަރު ނިމޭއިރު 12.3 އިންސައްތަ އަށް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

2023 ވަނަ އަހަރު 7.6  އިންސައްތައަށް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިގްތިސާދު ރަނގަޅުވި މައިގަނޑު ސަބަބަކީ ފަތުރުވެރިކަން ރަނގަޅުވުން ކަމަށާއި އެގޮތުން ގާތްގަނޑަކަށް ޕެންޑަމިކްގެ ކުރިން ފަތުރުވެރިން ރާއްޖެ އައި މިންވަރަށް މިހާރު އަންނަން ފަށާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކޮވިޑަށް ފަހު ނިސްބަތުން ދުނިޔޭގެ އެންމެ ބާރު ދުވެލީގައި އިގްތިސާދު ކުރިއަރާ ދިހަ ގައުމުގެ ތެރޭގައި ދިވެހިރާއްޖެ  ހިމެނޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

2021 އާއި 2022 ވަނަ އަހަރު އިގްތިސާދު އެންމެ ކުރިއަރާދިޔަ ފަސް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. 14 މައްސަލައިން 2 ފަހަރު ރައީސް ޔާމީން ޖަލަށް . 5 އަހަރުގެ ދައުރަކުން ތީ ވަރަށް ބޮޑު ކުރި އެރުމެއް . ޅަދުން ބޯހަލާކް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: