ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމެރީގެ ވޯޓާސްލިސްޓް އާންމުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

28 ޖެނުއަރީ 2023 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާއްމުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސސްޓަށް ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް 1 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެމްޑީޕީން އާންމުކުރި ލިސްޓުގައިވާ ގޮތުން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 57،714 މީހުންނަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު އިންތިހާބުގައި ވާދަ ކުރައްވާ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ދަފްތަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ގަޑުބަޑު ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީއާއި ދިމާކޮށް ދަފްތަރުން ވަކި ކުރި މެމްބަރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެހެން ހީވާ އެމްޑީޕީގެ އަސްލު މެމްބަރުންކަމަށެވެ.

ޖެނުއަރީ 28 ގައި ބޭއްވުމަށް ހަމަޖެހިފައި ވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އަމާޒުކޮށް ޕާޓީގެ ދަފްތަރުން މެމްބަރުން އުނި ކުރިކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި އޭގެ އެންމެ ބޮޑު ބޭނުމަކީ އިންތިހާބަށް ނުފޫޒު ފޯރުވައި، ރައީސް ނަޝީދަށް ލިބެން ހުރި ވޯޓުތައް ގެއްލުވާލުންކަމަށް އެމަނިކުފާނާއި އަރިސް މެމްބަރުން ވިދާޅުވެ އެވެ.

ޕާޓީގެ ސާޅިސް ހާހެއް ހާ މެމްބަރުން އެގޮތަށް ވަކި ކުރިކަމަށާއި، މިއީ އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާނެ ސަބަބެއްކަން ފާހަގަކޮށް ޕާޓީގެ ޗެއާޕާސަނަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުވުމުން އެމަނިކުފާނަށް ރައްދު ދީ އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ބަޔާނެއް އާއްމު ކުރި އެވެ.

އެމްޑީޕީގެ ދަފްތަރުގައި ހުރި މައްސަލަތައް ހަމައަކަށް އެޅުވުމަށް ކުރައްވާފައިވާ މަސައްކަތްތައް ހިއްސާކޮއް، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިބްރާހިމް ވަހީދު ވިދާޅުވީ، އެނާ މަސައްކަތް ކުރެއްވީ އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓު ދެވޭނެކަމަށް ސެކްރެޓޭރިއޭޓުން އާންމުކޮއްފައިވާ މެމްބަރުންގެ ނަންތައް އިލެކްޝަންސްގެ ވެބްސައިޓުގައި އޮތް ގޮތް ބެލުމައް ކަމަށެވެ. އަދި މި ކަން ކުރުމަށް ބަލާފައިވާ ލިސްޓަކީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހު އެ ޕާޓީއިން އާންމުކޮއްފައިވާ ލިސްޓެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ.

2021 ވަނަ އަހަރު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނެނީ 93،440 މެމްބަރުންކަމަށް އިޝާރާތްކުރައްވާ އިބްރާހިމް ވިދާޅުވީ، އެ ލިސްޓުގައި ނުހިމެނޭ 46 ނަމެއް އިލެކްޝަންސްގެ ވެބްސައިޓުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރެވިފައިވާކަމަށެވެ. އަދި އިލެކްޝަންސްގެ ވެބްސައިޓުގައި އެހެނިހެން ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓަރ ކޮއްފައިވާ އަދި އެއްވެސް ޕާޓީއެއްގައި ރެޖިސްޓަރ ކުރެވިފައިނުވާ 41،189 މެމްބަރުން އެ ޕާޓީގެ ވެބްސައިޓުގައިވާ ދަފްތަރުގައި ހިމެނޭކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެގޮތުން އިލެކްޝަންގެ ވެބްސައިޓުގައި އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓަރ ކުރެވިފައިވާ 1211 މީހުން، ޑީއާރްޕީގެ 389 މެމްބަރުން، ޖުމުހޫރީ ޕާޓީގެ 3788 މެމްބަރުނާއި އެމްޑީއޭގެ 1761 މެމްބަރުން ހިމެނޭކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އެމްއެސްއެލްޑީޕީގެ 875 މެމްބަރުން އަދި އެމްއާރްއެމްގެ 1029 މެމްބަރުން، އެމްޓީޑީގެ 1048 މެމްބަރުންނާއި ޕީއެންސީގެ 698 މެމްބަރުން އަދި ޕީޕީއެމްގެ 6357 މެމްބަރުންގެ އިތުރުން އެއްވެސް ޕާޓީއެއްގައި ރެޖިސްޓާރ ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ސައިޓުން ނުދައްކާ 24،033 މެމްބަރުންނެއް އެމްޑީޕީގެ 2021 ވަނަ އަހަރުގެ މެމްބަރުންގެ ލިސްޓުގައި ހިމެނޭކަމަށެވެ.

ދަފްތަރު ސާފުކުރެއްވުމުގެ މަސައްކަތްތަކުގެ ތެރެއިން 2021 ވަނަ އަހަރު އިންތިހާބު ކުރެވުނު ލޯކަލް ކައުންސިލުތަކާއި ޑަބްލިއުޑީސީތަކަށްވެސް ބަލާފައިވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އެގޮތުން އެ ޕާޓީގެ ވެބްސައިޓުގައި ހިމެނޭ ލިސްޓުގެ ތެރެއިން އެމްޑީޕީގެ ކައުންސިލަރުންގެ ގޮތުގައި 403 މީހަކު އިންތިހާބު ކުރެވިފައިވާކަމަށް އެނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ލިސްޓުގައި އަދާލަތު ޕާޓީއިން އިންތިހާބު ކުރެވިފައިވާ ކައުންސިލަރަކާއި، ޖޭޕީގެ 6 ކައުންސިލަރުން، އެމްއެސްއެލްޑީޕީގެ ކައުންސިލަރަކާއި ޕީޕީއެމްގެ 54 ކައުންސިލަރަކު އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވެފައިވާ 62 ކައުންސިލަރަކުވެސް ހިމެނޭކަމަށް އެނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެބްސައިޓުގައިވާ ލިސްޓުގެ ތެރެއިން އެ ޕާޓީގެ ފަރާތުން ޑަބްލިއުޑީސީތަކަށް އިންތިހާބު ކުރެވިފައިވަނީ 306 މެމްބަރެއްކަމަށް ފާހަގަކުރައްވާ އިބްރާހިމް ވިދާޅުވީ، ޖޭޕީގެ ފަރާތުން އިންތިހާބު ކުރެވިފައިވާ 4 މެމްބަރެއް އަދި އެމްއާރްއެމްގެ މެމްބަރަކާއި ޕީޕީއެމްގެ 41 މެމްބަރެއްގެ އިތުރުން އަމިއްލައަށް އިންތިހާބުވެފައިވާ 55 މެމްބަރެއްގެ ނަންވެސް އެމްޑީޕީގެ ވެބްސައިޓުގައިވާ މެމްބަރުންގެ ލިސްޓުގައި ވާކަމަށެވެ.

ޕާޓީގެ އަމިއްލަ ދަފްތަރުގައި ސައްހަ ނޫން އެތައް މެމްބަރުންތަކެއް ތިބި ކަމަށް އިބްރާހިމް ވިދާޅުވެފައިވާއިރު، އެމްޑީޕީއިންވަނީ މެމްބަރުންނަށް ނޭނގި އެހެން ޕާޓީއެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ އިލެކްޝަންސް ކޮމިޝަންނަށް ހުށައެޅުމުން ޕާޓީއަށް އަނބުރާ ރުޖޫއަކޮއްދޭނެކަމަށް ފާހަގަކޮށް އިއުލާނުކޮއްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް ފޮނުއްވާފައެވެ. ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާގޮތުން، އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސާޅީސް ހާހާއި ގާތް ކުރާ އަދަދަކަށް މެމްބަރުން ވަނީ އެނގުމަކާއި ނުލައި ވަކި ކުރެވިފައެވެ. އަދި އެކަމުގެ ސަބަބުން ޕާޓީ ދަފްތަރުވަނީ ގަޑުބަޑުވެފައިކަމަށާއި އެކަމުގެ ސަބަބުން ޕްރައިމަރީގެ މިނިވަންކަން ގެއްލިގޮސްފައިވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ..

ވަރަށް ގަދަ
18%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 73%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: