ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމެރީގެ މައްސަލަ ކޯޓުން ބަލައިގަނެ، އަޑުއެހުންތައް ފަށަނީ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމެރީ ބާތިލުކޮށް ދޭން އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށް، އެމްޑީޕީގެ ތާއީދު ރައީސް ސޯލިހަށް ލިބިފައިވީ ނަމަވެސް ނަތީޖާ ގަބޫލު ކުރުމަށް ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.

މިދިޔަ ހަފްތާގައި ރައީސް ސޯލިހާއި ޓިކެޓު ހަވާލުކުރިއިރު، ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ޖަލްސާ ހުއްޓުވައިދޭން ވެސް އެދިފައިވެ އެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ކުރިން އެމްޑީޕީގައި މަގާމުތަކެއް އަދާކުރެއްވި ހާމިދު އަބްދުލްޣަފޫރެވެ. މި ސަރުކާރުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާ ހާމިދަކީ ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ.

މި މައްސަލައިގައި ގާނޫނީ ވަކީލުކަން ކުރައްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދެވެ.

ކޯޓުން މައްސަލަ ބަލައިގަނެ، ތާވަލުގައި ވާގޮތުން އަންނަ އަންގާރަ ދުވަހު އަޑުއެހުންތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ މައްސަލަ ކޯޓަށް ހުށަހެޅި ސަބަބެއްކަމަށް، ހާމިދު ވިދާޅުވެފައި ވަނީ ޕާޓީގެ 39،000 މެމްބަރުން ގަވައިދާއި ހިލާފަށް ވަކިކުރުމަށް ފަހު އިންތިހާބު ބާއްވާފައިވާކަމަށް ބުނެ އެވެ.

ރައީސް ނަޝީދު ތުހުމަތު ކުރާގޮތުގައި، އެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނި ކުރީ ރައޯސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގު ހޯދުމަށެވެ. އަދި ޕާޓީގެ ދަފްތަރުން އުނި ކުރި މެމްބަރުންނަކީ އަސްލު ހަގީގީ، އެމްޑީޕީގެ މެމްބަރުންކަމަށާއި ރައީސް ސޯލިހަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: